ބަންގްލަދެޝް މަސައްކަތު މީހުންނާމެދު ފިޔަވަޅު އެޅިފަހުން ރާއްޖެ އައިސްފައިވަނީ 1362 މީހުން

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް އިކޮނިމިކް މިނިސްޓްރީން އެޅުއްވި ފިޔަވަޅުތަކުގެތެރެއިން ބަންގްލަދެޝުން ރާއްޖެއަށް މަސައްކަތުމީހުން ގެނައުން ކޮންޓޯލްކުރިފަހުން ...

12 Apr 2020 | 06:04

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް އިކޮނިމިކް މިނިސްޓްރީން އެޅުއްވި ފިޔަވަޅުތަކުގެތެރެއިން ބަންގްލަދެޝުން ރާއްޖެއަށް މަސައްކަތުމީހުން ގެނައުން ކޮންޓޯލްކުރިފަހުން ރާއްޖެ އައިސްފައިވަނީ 1362 މީހުންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބިދޭސީން މަސައްކަތުމީހުން ގެނައުމާމެދު އެޅުއްވި ފިޔަވަޅާއެކު ރާއްޖެ މިހާތަނަށް އައިސްފައިވަނީ އެންމެ 1362 މީހުންކަމަށެވެ. މިއީ މީގެކުރިން މަހެއްގެ މައްޗަށް 3000އާއި 5000 އާ ދެމެދުގެ އަދަދަށް އަންނަމުންދިޔަ ބައެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ޤަވާއިދާއި ހިލާފަށް ދިރިއުޅެމުންދާ ބިދޭސީން ޤަވާއިދަށް ފެއްތުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ފެށްޓެވި ރެގިއުލަރައިޒޭޝަން ޕްރޮގްރާމް، ފެށްޓެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 40000އަށްވުރެ ގިނަ ބިދޭސީން ރެގިއުލަރައިޒް ވެފައިވެއެވެ. ޤާނޫނާ ޚިލާފަށް އަދިވެސް 20000އެއްހައި ބިދޭސީން ތިބިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރެގިއުލަރައިޒް ވުމަށް މިނިސްޓްރީއަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން 826 މީހަކު ޤައުމަށް އެނބުރި ދާން އެދިފައިވާކަމަށެވެ. ބަންގްލަދޭޝްގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ ޙާލަތު ނިމުމާއެކު މިމީހުން ފޮނުވާލުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް