ފިލިޕިންސްއިން އައި ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

ފިލިޕިންސްއިން ރާއްޖެ އައި ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެމީހާ ހުރީ އެ ގައުމުން އަދި ދުވަހުން ފެށިގެން އެރިޔަދޫ ކަރަންޓީން ފެސިލިޓީ...

12 Apr 2020 | 05:46

ފިލިޕިންސްއިން ރާއްޖެ އައި ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެމީހާ ހުރީ އެ ގައުމުން އަދި ދުވަހުން ފެށިގެން އެރިޔަދޫ ކަރަންޓީން ފެސިލިޓީގައި ކަމަށެވެ.

އެމީހާ ބައްޔަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެންނާތީ ކަމެއް ނުވަތަ ކަރަންޓީންގެ މުއްދަތު ހަމަވެގެން ދޫކޮށްލުމުގެ ކުރިން ޓެސްޓު ކުރީ ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިލިޕިންސްއިން ރާއްޖެ ގެނެސްފައިވަނީ އެ ގައުމުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނެވެ. އެގޮތުން 70 އަށްވުރެ ގިނަ މީހުން ގެނެސްފައިވެ އެވެ.

އެމީހުން ރާއްޖެ ގެނައީ ވޮލެންޓިއަރުންގެ ގޮތުގައި އެޗްޕީއޭއާއި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާތީ ސަރުކާރު ހަރަދުގައި އެވެ. މިއަދު ޕޮސިޓިވް ވި މީހާ އަކީ އޭގެ ތެރެއިން މީހެއް ކަމެއް ނޭނގެ އެވެ.

https://twitter.com/HPA_MV/status/1249210350941208576

މިއަދު ޕޮސިޓިވްވި މީހާ އާއި އެކު ރާއްޖޭގައި ކޯވިޑް-19 އަށް ފަސް ދިވެއްސަކަށް ފަރުވާދޭން ވަނީ ފަށާފައި އެވެ. އަނެއް ހަތަރު ދިވެހިންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ބައެކެވެ.

ދެން ރާއްޖޭގައި ބައްޔަށް ޕޮސިޓިވް ވި13 ބިދޭސީން ވަނީ ބަލިން ރަނގަޅުވެފައި އެވެ. އަނެއް ދެމީހުންނަކީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ބަލި ޖެހުނުކަން އެނގުނު އިޓަލީގެ ދެ ޓޫރިސްޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް