ކޯވިޑް-19އާ ގުޅިގެން އިގްތިސާދަށް ހީނަރުކަމެއް އައި ނަމަވެސް، މާތްﷲގެ ވާގިފުޅާ އެކު ދިވެހިން ބަނޑަށް ޖެހޭނެ ހާލަތަކަށް ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހާލަތަކީ ވަގުތީ ހާލަތެއް ކަމަށާއި ބަނޑަށް ޖެހޭ ހާލަތެއް އަތުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް އަހަރަށް ވާ ވަރަށް ވެސް އަސާސީ ތަކެތި ފޯރުކޮށްދެމުންދާނެ ކަމަށެވެ. އެކަމުގެ ޔަގީންކަން ކުރިން ވެސް ދެއްވި ކަމަށާއި ނަމަވެސް ބައެއް ފަރާތްތަކުން ގިނަ އަދަދެއްގެ ފައިސާ ބޭކާރު ގޮތުގައި ހަރަދު ކުރުމަށްފަހު ކާޑުގެ ބާވަތްތައް ގެއަށް ގުދަންކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދަނޑުވެރިކަމަކީ މި ސަރުކާރުގެ ނޫ އިގްތިސާދުގެ ދަށުން އިގްތިސާދު ފުޅާކުރަން ހިމަނާފައިވާ ކަމެއް ކަމަށާއި މިހާރު ކުރަމުންދާ ކަމަކީ މި ދުވަސްވަރާ ގުޅިގެން އެކަމާ ގުޅުންހުރި ކަންކަން އަވަސްކުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް