މިމަހު 20 ގެ ކުރިން ރޯދަ އިނާޔަތް ދޭން އަންގައިފި

މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް މިމަހުގެ20 ވަނަ ދުވަހުގެ ނިޔަލަށް ދީ ނިންމަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަންގަވައިފި އެވެ. މިއަހަރުގެ ރޯދަ މަސް ފެށެނީ މީލާދީ ކަލަންޑަރުގެ ތާރީހުން މިމަހުގެ...

11 Apr 2020 | 20:29

މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް މިމަހުގެ20 ވަނަ ދުވަހުގެ ނިޔަލަށް ދީ ނިންމަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަންގަވައިފި އެވެ.

މިއަހަރުގެ ރޯދަ މަސް ފެށެނީ މީލާދީ ކަލަންޑަރުގެ ތާރީހުން މިމަހުގެ24 ވަނަ ދުވަހު އެވެ. ވަޒީފާ އާއި ބެހޭ ގާނޫނުގައި ބުނެފައިވާގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރޯދަ އެލަވަންސްގެ ގޮތުގައ 3،000 ރުފިޔާ ދޭންޖެހޭނެ އެވެ.

މި އެންގުން އަންގަވާފައިވަނީ ސަރުކަރާއި އަމިއްލަ ކުންފުނިތައް ހިމެނޭ ގޮތަށެވެ. މިކަމުގައި ސަރުކާރު އޮފީސްތަކުން އަމަލު ކުރަންވީ ގޮތްވެސް ބަޔާންކޮށްފައިވެ އެވެ.

މިނިސްޓަރު ނެރުއްވާފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ އެއް ވަޒިފާއަށްވުރެ ގިނަ ވަޒީފާ އަދާ ކުރާ ފަރާތަކަށް ރޯދަ އެލަވަންސް ދޭން ޖެހޭނީ އަސާސީ ވަޒީފާ އަދާ ކުރާ އޮފީހަކުންނެވެ.

އިނާޔަތު ފައިސާ ދީފައިވާ މުވައްޒަފަކު، ރޯދަ މަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ، ވަކިވި ދުވަހާ ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެ މުވައްޒިފެއްގެ އަތުން ހޯދަން ވަނީ މިނިސްޓަރު އަންގަވާފައި ވެއެވެ.

ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒިފުންނަށް އެ މުވައްޒިފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެން ރަސްމީ ހަތް ދުވަހުގެ ތެރޭގައި ފައިސާ ދޭންވާނެ ކަމަށް ބުނެފައިވާއިރު ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވްގަ އާއި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒިފުންނަށް އިނާޔަތް ހަމަޖައްސައިދިނުމަށް ވެސް އަންގާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް