ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ސްކޫލުތައް ހުޅުވުން ފަސްކޮށްފައިވާއިރު މި މުއްދަތުގައި ދަރިވަރުންނަށް ފިލާވަޅު ފޯރުކޮށްދެވޭނީ ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގެ ޗެނަލަކުންނާއި ޔޫޓިއުބް ފަދަ ވަސީލަތްތައް މެދުވެރިކޮށް ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި މިމަހުގެ 15 އިން 19 އަށް އެއްވެސް ދަރިވަރަކު ސްކޫލަށް ހާޒިރު ނުވާނެއެވެ. ނަމަވެސް މި މުއްދަތުގައި ފިލާވަޅު ލިބޭނެގޮތް އެ މިނިސްޓްރީން އިންތިޒާމް ކުރާނެއެވެ.
"ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދެވޭނީ ޕީއެސްއެމްގެ ޗެނަލަކުންނާއި، ޔޫޓިއުބްފަދަ ވަސީލަތްތައް މެދުވެރިކޮށް، އިންޓަރެކްޓިވް ސެޝަންތައް ކުރިއަށްގެންދެވޭނީ އެޑިއުޕޭޖާއި ގޫގަލް ކްލާސްރޫމާއި ޓެޑް-އެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށް، އިތުރު ރިސޯސްތައް އެކަމަށް ހާއްސަ ކުރެވިފައިވާ ވެބް ޕޯޓަލްއާއި ގޫގަލް ޑްރައިވް މެދުވެރިކޮށް ލިބެން ހުންނާނެ" މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި މިހާރު ދަނީ ހުރިހާ ގްރޭޑްތަކެއްގެ ފިލާވަޅުތައް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އާދީއްތަ ދުވަހުން ފެށިގެން ގްރޭޑް 10ގެ ދަރިވަރުންނާއި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ފިލާވަޅުތައް ފޯރުކޮށްދެވޭނެއެވެ. އަދި އެހެނިހެން ގްރޭޑްތަކުގެ ފިލާވަޅުތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް