ކޮވިޑް-19: ހުކުރު ހުތުބާ އާއި ހުކުރު ހުތުބާ ކުރުކުރަން އަންގައިފި

ހުކުރު ނަމާދާއި ހުކުރު ހުތުބާ ކުރު ކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ. އެ މިނިސްޓްރީގެ މީޑިއާ އޮފިސަރު މީޑިއާގައި ވިދާޅުވީ މާދަމާގެ ހުކުރު ނަމާދުގައި ކިޔަން ތައްޔާރުކޮށްފައިވަނީ ވަރަށް ކުރ...

12 Mar 2020 | 10:56

ހުކުރު ނަމާދާއި ހުކުރު ހުތުބާ ކުރު ކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިސަރު މީޑިއާގައި ވިދާޅުވީ މާދަމާގެ ހުކުރު ނަމާދުގައި ކިޔަން ތައްޔާރުކޮށްފައިވަނީ ވަރަށް ކުރު ހުތުބާއެއް ކަމަށެވެ. އަދި މާދަމާގެ ހުތުބާގެ މައުލޫއަކީ ބަލި ހާލަތެއް މެދުވެރިވުމުން މުސްލިމުން އަމަލުކުރަންވީ ގޮތެވެ.

އޭނާ ވިދާޅުވީ ހުކުރު ނަމާދުގައި ކުރު ސޫރަތެއް ކިޔަންވެސް އަންގާފައިވާނެ ކަމަށެވެ. މި ގޮތަށް މިނިސްޓްރީން އެންގީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ޖަމާއަތުގައި ވީހާ ވެސް މަދު ވަގުތުކޮޅެއް ހޭދަކުރުމަށް ކަމަށް ވިދާޅުވި އެވެ.

މިއަދު ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓްތައްވެސް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ނެގުމަށް ކައުންސިލްތަކަށް އަންގާފައި އެވެ. އަދި އިސްލާމިކް މިނިސްޓްރީން ވަނީ ރޯގާޖެހި ކެއްސާ ކިނބިހި އަޅާނަމަ ޖަމާއަތަށް މިސްކިތަށް ނުދިއުމަށް އިލްތިމާސް ކޮށްފައި އެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައިވާ އަށް މީހަކު މިހާތަނަށް ވަނީ ފެނިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް