ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގައުމާ މުހާތަބު ކުރައްވާގޮތަށް ހަމަ ޖެހިއްޖެ އެވެ.
ކުރިން ހަމަޖެހިފައި އޮތީ މިއަދު މެންދުރު2:00 ގައި ރައީސް ގައުމާ މުހާތަބު ކުރެއްވުމަށެވެ. އެކަމަކު ރައީސް އޮފީހުން ބުނީ މިހާރު ރައީސް ގައުމާ މުހާތަބު ކުރެއްވުން ހަވީރު4:00 އަށް ފަސް ކުރެވިފައިވާ ކަމަށެވެ.
މިއީ މި މަހުގެ ހަތް ވަނަ ދުވަހު ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުނު ފަހުން ރައީސް މިކަމާ ބެހޭ ގޮތުން ގައުމާ މުހާތަބު ކުރައްވާ ފުރަތަމަ ފަހަރެވެ. ގައުމާ މުހާތަބު ކުރައްވަން ނިންމަވާފައިވަނީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް މިކަމާ ގުޅިގެން އަމާޒުވަމުން ދަނިކޮށެވެ.
މިކަމާ ގުޅިގެން ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވަރަށް އަވަހަށް ރައީސް ރައްޔިތުންނާއި ބައްދަލު ކުރައްވާނެ ކަމަށެވެ. އެކަމަކު ވައިރަސްއާއި ދެކޮޅަށް ކުރާ ހުރިހާ މަސައްކަތެއް އެމަނިކުފާނު ވަރަށް ގާތުން ބައްލަވާ ކަމަށެވެ.
މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާ ވައިރަސް އުފަންވީ ޗައިނާގެ ވޫހާން ސިޓީއަށެވެ. މިހާރު އެބަލި ދުނިޔޭގެ123 ގައުމަކުން ފެނިފައިވާއިރު ޗައިނާއިން ބަލި ކޮންޓްރޯލް ވާން ވަނީ ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް