ކޮރޮނާ ވައިރަސްގެ މައުލޫމާތު އާންމުންނަށް އެންމެ ގާތުން ފޯރުކޮށް ދިނުމަށް އުރީދޫ ކަސްޓަމަރުންނަށް ގުޅުމުން ރިންގުގެ ބަދަލުގައި ވައިރަހާ ގުޅޭ މައުލޫމާތު އަޑު އިވޭގޮތަށް ހަމަޖައްސައިފި އެވެ.
މިގޮތަށް ހަމަޖެއްސީ އެޗްޕީއޭއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރެވުނު މަޝްވަރާތަކަށް ފަހު އެވެ.
އެޗްޕީއޭއިން ބުނީ ބޭނުންވަނީ ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ކޮރޮނާ ވައިރަހާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.
މިހާރު ރިންގުގެ ބަދަލުގައި އުރީދޫ ކަސްޓަމަރުންނަށް ގުޅުމުން އިވެނީ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ބަލީގެ އަލާމާތްތަކާއި އެނޫންވެސް ސިއްހީ މައުލޫމާތުތަކެވެ.
https://twitter.com/HPA_MV/status/1237963425986179072
އަމިއްލަ ފަރާތަކުން ވަނީ ވައިރަހާއި ގުޅޭ ގޮތުން ހޭލުންތެރި ކުރުމުގެ ގޮތުން ވައިބާ ސްޓީކާތަކެއްވެސް ތައްޔާރުކޮށްފައި އެވެ.
"ރައްކާވެ ތިބިއްޔާ ދަތުރު" ނަމުގައި ހަދާފައިވާ ސްޓިކާ ޕެކްގައި 18 ސްޓިކާއެއް ހިމެނެ އެވެ. ރާއްޖޭން ވެސް ފެނިފައިވާ ކޮވިޑް-19 އަށް ރައްކާތެރިވާން ކުރަންޖެހޭ ކަންތައްތަކާއި ހޭލުންތެރިކަމުގެ މެސެޖްތައް މި ސްޓިކާ ޕެކްގައި ހިމެނެ އެވެ.
މީގެ އިތުރުން އެޗްޕީއޭއިން ދަނީ ކޮންމެ ދުވަހަކު ކޮރޯނާ ވައިރަސް އާއި ގުޅޭ މައުލޫމާތު އާންމުންގެ ފޯނުތަކަށް ފޮނުވަމުންނެވެ.
ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެޗްޕީއޭއިން ފޯނުތަކަށް ފޮނުވާ މެސެޖުތައް ދާނީ ތިން ބަހަކުން ކަމަށެވެ. އެގޮތުން ބަންގްލަދޭޝް މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައި ހުންނަ ސިމް ގެންގުޅޭ ފޯނުތަކަށް މެސެޖު ދާނީ ބަންގްލާ ބަހުން ކަމަށާއި ދިވެހިންނަށް އިނގިރޭސިންނާއި ދިވެހިން އަދި އެނޫން ގައުމުތަކުގެ މީހުންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ ސިމް ގެންގުޅޭ ފޯނުތަކަށް މެސެޖު ދާނީ އިނގިރޭސިން ކަމަށެވެ.
މި މެސުޖަތުގައި ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާއި ވައިރަހާ ގުޅޭ މައުލޫމާތު ދެ އެވެ. އަދި ރާއްޖޭގެ ކޮރޯނާގެ ހާލަތު ބުނެދިނުމުގެ ގޮތުން ޕޮސިޓިވްވާ މީހުންގެ އަދަދާއި ކަރަންޓީން ކޮށްފައިވާ މީހުންގެ އަދަދުތައްވެސް ފޮނުވާފައި ހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް