ކޮވިޑް-19: މެލޭޝިއާއިން އައި ދިވެއްސަކު ވައިރަހަށް ޓެސްޓު ކުރަނީ

ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ މެލޭޝިއާއިން އައި ދިވެއްސަކު އެ ވައިރަހަށް ޓެސްޓު ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ. އާންމު އުސޫލެއްގެ ދަށުނ...

12 Mar 2020 | 03:28

ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ މެލޭޝިއާއިން އައި ދިވެއްސަކު އެ ވައިރަހަށް ޓެސްޓު ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އާންމު އުސޫލެއްގެ ދަށުން މިހާރު އަމަލު ކުރަމުންދާ ގޮތުން ބަލި ފެތުރެމުންދާ ގައުމަކުން އަންނަ ދިވެހިން14 ދުވަސް ވަންދެން ކަރަންޓީން ފެސިލިޓީގައި މަޑު ކުރަން ޖެހެ އެވެ. އެކަމަކު ބަލީގެ އަލާމާތެއް ފެންނަން ނެތް ނަމަ ކޮރޯނާ ވައިރަސްއަށް ޓެސްޓެއް ނުކުރެ އެވެ.

އެޗްޕީއޭއިން ބުނީ އެމީހާ ވައިރަހަށް ޓެސްޓު ކުރަން ނިންމީ އެ ވައިރަހަށް ޕޮސިޓިވްވި ބަޔަކާއި އެއް އިމާރާތެއްގައި މެލޭޝިއާގައި ދިރިއުޅެފައިވާތީ ކަމަށެވެ. އަދި އޭނާގެ ފަރާތުން ކޮންމެސް ވަރަކަށް ބަލީގެ އަލާމާތްތައްވެސް ފެންނަމުން ދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެމީހާ ކަރަންޓީން ކުރީ ފަރުކޮޅުފުށީގައި އެވެ.

https://twitter.com/HPA_MV/status/1237844120078405632

އިއްޔެ ވަނީ އިޓަލީން އައި ދެ ދިވެއްސަކާއި ޗައިނާއިން ދިވެއްސަކު ފަރުކޮޅުުފުށީގައި ކަރަންޓީން ކޮށްފައި އެވެ. މިވަގުތު ފަރުކޮޅުފުށީގައި ކަރަންޓީން ކޮށްފައި ތިބި މީހުންގެ ތެރެއިން ވައިރަސްއަށް ޓެސްޓު ކުރި ދިވެއްސެއްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ރޭ އެޗްޕީއޭއިން ހާމަ ކުރި އެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމަުން އެއްވެސް ދިވެއްސަކު ބައްޔަށް ޕޮސިޓީވް ވެފައި އެއް ނުވެ އެވެ. އަދި ރާޢްޖެއިން ބައްޔަށް ޕޮސިޓިވް ވެފައިވާ އަށް މީހުންނަކީ ބިދޭސީންނެވެ.

ސަރުކާރުން ބުނީ ވައިރަސް މުޅި ރާއްޖެއަށް ނުފެތުރި ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އަދިވެސް އެބަ އޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް