މާލޭ ސްކޫލްތަކުގެ ގްރޭޑް 1-6 އަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފި

މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ގްރޭޑް 1-6 އަށް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ މާލެ ސަރަހައްދުގެ ކޯވިޑް-19ގެ ހާލަތަށް ރިއާޔަތް ކޮ...

12 Feb 2021 | 18:57

މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ގްރޭޑް 1-6 އަށް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ މާލެ ސަރަހައްދުގެ ކޯވިޑް-19ގެ ހާލަތަށް ރިއާޔަތް ކޮށްފައި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެޗްޕީއޭއާއި މަޝްވަރާ ކުރުމަށް ފަހު މިގޮތަށް ނިންމީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ކަމަށެވެ.

އެޗްއީއޯސީން މިރޭ ބުނީ ސްކޫލްތައް ބަންދު ކުރުމާއި މެދު ގޮތެއް ނިންމުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އަދި ވަކި ގޮތެއް ކަނޑައެޅުމުން ސްކޫލްތަކުގައި ކިޔަވައި ދިނުން ހުއްޓާލަން އަންގާނެ ކަމަށެވެ.

އެކަމަކު މިހާތަނަށް ސްކޫލް މާހައުލުން ބަލި ފެތުރިފައި ނުވާ ކަމަށާއި ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އެންމެ ރަނގަޅަށް އަމަލު ކުރާ ދާއިރާ އަކީ ތައުލީމީ ދާއިރާ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް