މިއަދު ކޯވިޑް ވެކްސިން ޖެހީ 1،902 މީހުންނަށް

ކޯވިޑް-19 ވެކްސިން މިއަދު 1،902 މީހުންނަށް ދީފި އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި މިއަދު 1،496 މީހުންނަށް މާލޭގައި ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި 406 މީހު...

12 Feb 2021 | 18:01

ކޯވިޑް-19 ވެކްސިން މިއަދު 1،902 މީހުންނަށް ދީފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި މިއަދު 1،496 މީހުންނަށް މާލޭގައި ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި 406 މީހުންނަށް ވެކްސިން ދީފައިވެ އެވެ.

މިހާތަނަށް ވެކްސިން ދިން މީހުންގެ އަދަދަށް ބަލާއިރު 27،367 މީހުންނަށް ވެކްސިން ޖަހާފައިވެ އެވެ. އޭގެ ތެރެއިން މާލޭގައި ވެކްސިން ޖަހާފައިވަނީ 22،456 މީހުންނަށެވެ. އަތޮޅު ތެރޭގައި ކޯވިޑް ވެކްސިން ޖަހާފައިވަނީ 4،911 މީހުންނަށެވެ.

މިއަދުގެ ނިޔަލަށް މާލޭގައި ހަތް ސެންޓަރެއްގައި ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި ކޯވިޑް ވެކްސިން ދީފައިވަނީ 87 ސެންޓަރެއްގައި އެވެ.

ކޯވިޑް-19 ވެކްސިން ދޭން ފެށީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. ރާއްޖޭގައި އަދި ބޭނުން ކުރަމުންދަނީ އިންޑިއާއިން ހަދިޔާ ކުރި 100،000 ޑޯޒުގެ ކޮވިޝީލްޑް ވެކްސިނެވެ.

މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯއިން ވަނީ ދީފައި އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މި ވެކްސިންއަށް ހުއްދަ ދިނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް