މިއަދުވެސް ކޯވިޑް-19 ޕޮސިޓިވް އަދަދު 100 އިން މަތީގައި

މިއަދު އިތުރު 120 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 99 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން 10 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން އަށް މީހުނ...

12 Feb 2021 | 17:10

މިއަދު އިތުރު 120 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 99 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން 10 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން އަށް މީހުންނެވެ. އަދި ސަފާރީތަކުން ތިން މީހަކު ޕޮސިޓިވްވެފައިވެ އެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 2،751 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 2،302 މީހުންނަށެވެ. އޭގެ ތެރެއިން 206 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 15،142 މީހުން ވަނީ ރަނގަޅުވެފައި އެވެ.މި ބަލީގައި މިހާތަނަށް 56 މީހުން ރާއްޖެއިން މަރުވެފައިވެ އެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 17،507 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް