މާލެ ސަރަހައްދުގައި އެއް ފަހަރާ10 މީހުންނަށް ވުރެ ގިނައިން އާންމު ތަންތަނަށް ނުކުމެ އުޅުން މަނާކޮށްފި އެވެ.
މި އެންގުމަށް އަމަލު ކުރަން ފަށަން ޖެހެނީ މާދަމާއިން ފެށިގެންނެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމުގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގައި އެއް ފަހަރާ 10 މީހުންނަށް ވުރެ ގިނައިން މަގުމަތީގައި އުޅުމަކީ މަނާ ކަމެއް ކަމަށެވެ.
މިގޮތަށް އަންގާފައިވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭބާރުގެ ދަށުންނެވެ.
މި އެންގުމަށް އާންމުން އަމަލު ކުރޭތޯ ބަލައި ފިޔަވަޅު އެޅުމަށް ފުލުހުންނާއި ތަންފީޒީ އިދާރާތަކަށް އެޗްޕީއޭއިން އަންގާފައިވެ އެވެ.
މީގެ އިތުރުން މިއަދުން ފެށިގެން ހަވީރު 6:00 ން ހެނދުނު 6:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައި އެވެ. މި އެންގުންވެސް އަންގާފައިވަނީ ވަކި މުއްދަތެއް ނެތް ގޮަތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް