ކަރީނާ ވިހާނެ ދުވަހެއް ނޭނގިގެން އުޅެނިކޮށް ބައްޕަ ހިތްހަމަ ޖެހޭ ޖަވާބެއް ދީފި!

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ދެވަނަ ދަރިފުޅު ވިހާނެ ދުވަހެއް ނޭނގިގެން އޭނާގެ ސަޕޯޓަރުން ވާހަކަ ދައްކަމުން ދަނިކޮށް އޭގެ ޖަވާބު ކަރީނާގެ ބައްޕަ ރަންދިރު ކަޕޫރު ދީފި އެވެ. އެންމެންނަށްވެސް އެނގެނީ މ...

12 Feb 2021 | 15:48

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ދެވަނަ ދަރިފުޅު ވިހާނެ ދުވަހެއް ނޭނގިގެން އޭނާގެ ސަޕޯޓަރުން ވާހަކަ ދައްކަމުން ދަނިކޮށް އޭގެ ޖަވާބު ކަރީނާގެ ބައްޕަ ރަންދިރު ކަޕޫރު ދީފި އެވެ.

އެންމެންނަށްވެސް އެނގެނީ މި މަހުގެ ތެރޭގައި ކަރީނާއަށް ދެވަނަ ދަރިފުޅު ލިބޭނެ ކަމަށެވެ. އެކަމަކު ވިހާނެ ކަމަށް ލަފާކޮށް ކަރީނާއަށް ޑޮކްޓަރު ދީފައިވާ ތާރީހު ކަރީނާ ނުވަތަ ފިރިމީހާ ސައިފް އަލީ ހާން ހާމަކޮށްފައި ނުވާތީ ގިނަ ބަޔަކު ދިޔައީ ކެތް މަދުވެގެން އެވާހަކަ ދައްކަމުންނެވެ.

އެކި ގޮތް ގޮތަށް އެކި ހަފްލާތަކާއި މަގުމަތިން ނުވަތަ ރަސްމިއްޔާތުތަކުގައި ސުވާލުކޮށްގެންވެސް ކަރީނާ ވިހާނެ ކަމަށް ލަފާ ކުރާ ދުވަސް އޮތީ ނޭނގި އެވެ. އެކަން ރަންދީރު ހާމަކުރީ ބަޔާނެއް ނެރެގެންނެވެ.

ރަންދީރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަރީނާ ވިހާނެ ކަމަށް ލަފާ ކުރަނީ ފެބްރުއަރީ 15 ގައި ކަމަށެވެ.

ދެވަނަ ދަރިފުޅަށް މަރުހަބާ ކިޔުމަށް ސައިފް އާއި ކަރީނާ ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ދެ މީހުން އާ ގެއަކަށް ވަނީ ބަދަލުވެފައި އެވެ.

އަދި ސައިފް ބުނެފައިވަނީ ކަރީނާ ވިހަން ވާއިރަށް ޗުއްޓީ ނަގައިގެން ހުންނަތާ ހަ މަސްވެއްޖެ އެވެ. ސައިފް ބުނެފައިވަނީ އޭނާ މިދިޔަ އަހަރުގެ އޮގަސްޓު މަހު ދަރިފުޅު ސާރާގެ އުފަން ދުވަހާއި ދިމާކޮށް ޗުއްޓީ ނެގި ގޮތަށް އަދިވެސް ހުރީ ޗުއްޓީގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް