މުޒާހަރާގައި ދެ ފުލުހަކަށް އަނިޔާވި، ދިދަ ދަނޑިއަކުން ޖެހި ފުލުހެއްގެ ބޯ ފެޅުނު

މިއަދުގެ މުޒާހަރާގައި ދެ ފުލުހަކަށް އަނިޔާވެއްޖެއެވެ. "ދުވަސް" އަށް މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ ދެ ފުލުހަކަށް ކުދި އަނިޔާ ވެފައި ވީ ނަމަވެސް، އެއްވެސް ފުލުހަކަށް ބޮޑު އަނިޔާއެއް ނު...

12 Feb 2021 | 14:50

މިއަދުގެ މުޒާހަރާގައި ދެ ފުލުހަކަށް އަނިޔާވެއްޖެއެވެ.

"ދުވަސް" އަށް މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ ދެ ފުލުހަކަށް ކުދި އަނިޔާ ވެފައި ވީ ނަމަވެސް، އެއްވެސް ފުލުހަކަށް ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ.

އެގޮތުން އެއް ފުލުހަކަށް އަނިޔާ ވެފައި ވަނީ، ދިދަ ދަނޑިއަކުން ބޮލުގައި ޖެހިގެންނެވެ. އެ ފުލުސް މީހާގެ ބޮލުގެ ކުޑަ ތަންކޮޅެއް ފެޅިފައި ވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އިތުރު ފުލުހަކަށް އަނިޔާވީ، ސައިކަލެއް ފައިމައްޗަށް ވެއްޓިގެންނެވެ. އެގޮތުން ޕާކް ކޮށްފައި ހުރި ސައިކަލެއް ފައިމައްޗަށް ވެއްޓުމުގެ ސަބަބުން ފަޔަށް ތަދުވެފައިވެއެވެ.

ދެ ފުލުހަކަށް އަނިޔާވެފައި މި ވަނީ މިއަދު އިދިކޮޅުން ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިންނެވެ. މިއީ “މަގޭ ފްލެޓު ކޮބާ” މި ނަމުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ.

މުޒާހަރާ ފަށާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. މުޒާހަރާގެ ބައިވެރިންނަށް މާލޭގެ އެކި ސަރަހައްދުތަކުން ފުލުހުން ހުރަސް އަޅަމުން ގޮސް ޗާނދަނީ މަގާއި ހިސާބުން ވަނީ އެއްގޮތަަކަށްވެސް ނުދެވޭ ގޮތަށް ބަންދު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް