އަމަލުތައް ރަނގަޅަށް ނުބަހައްޓައިފިނަމަ ހިތާމަކުރަންޖެހޭ ހާލަތަކަށް ހިނގައިދާނެ: ޑރ. މުހައްމަދު އަލީ

ތިންވަނަ ރާޅަކާއެކު ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެފައިވާއިރު އަޅުގަނޑުމެންގެ އަމަލުތައް ރަނގަޅަށް ނުބަހައްޓައިފިނަ ހިތާމަކުރަންޖެހޭ ހާލަތަކަށް ގޮސްދާނެކަމުގައި އެތެރެ ހަށީގެ ޑަކުޓަރު، ޑރ .މުހައްމަދު ...

12 Feb 2021 | 14:35

ތިންވަނަ ރާޅަކާއެކު ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެފައިވާއިރު އަޅުގަނޑުމެންގެ އަމަލުތައް ރަނގަޅަށް ނުބަހައްޓައިފިނަ ހިތާމަކުރަންޖެހޭ ހާލަތަކަށް ގޮސްދާނެކަމުގައި އެތެރެ ހަށީގެ ޑަކުޓަރު، ޑރ .މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ވީޑިއޯ މެސެޖެއްގައެވެ.

ޑރ. ވިދާޅުވީ ތިންވަނަ ރާޅަކާއެކު ކޮވިޑް19 ގެ ހާލަތު ރާއްޖޭގައިވެސް މިވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށާއި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ ކަމަށެވެ. އަދި އެޑްމިޓް ވާ މީހުންގެ އަދަދު އިތުރުވެއްޖެ ކަމަށެވެ. އެޑްމިޓް ގިނައިން ވަނީވެސް އުމުރުން ދުވަސްވީ މީހުންނާ، ދިގު މުއްދަތަކަށް ބޭސްކުރާ ބަލި މީހުން ކަމަށެވެ.

"މި ބަލީގަ ދުނިޔެ ދޫކުރާ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެއްޖެ، ފެބްރުއަރީ މަހުގެ މިހާތަނަށް އައި އިރުވެސް ހަތަރު ފުރާނައެއް ވަނީ އަޅުގަނޑުމެން ދޫކޮށް ގޮސްފަ،

މި ބަލީގެ މި ހާހިސާބަށް އައި އިރު އަޅުގަނޑުމެންގެ އަމަލުތައް ރަނގަޅަށް ނުބަހައްޓައިފިކަމުގައިވާނަމަ ހިތާމަކުރަންޖެހޭ ހާލަތަކަށް ހިނގައިދާނެ" ޑރ ވިދާޅުވެފައިވެއެވެ.

ޑރ. އިތުރަށް ވިދާޅުވެފައިވަނީ މި ޕެންޑަމިކްގެ މި ހާހިސާބަށް އައިއިރުގަވެސް ދިވެހިރާއްޖޭގަ މިހާވަރަށް ހާލަތު ގޯސްވެފައިނުވާކަމަށާއި އެހެންވީމަ އަޅުގަނޑުމެންގެ އަމަލުތައް ރަނގަޅަށް ބެހެއްޓުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. ނޫންނަމަ ދިވެހި ރައްޔިތން އަދި ޑަކުޓަރުންވެސް ހިތާމަކުރަންޖެހޭ ހާލަތަކަށް ދިއުމުގެ ކުރިން އަމަލުތައް ރަނގަޅަށް ބަހައްޓެވުމަށް ޑރ. ، ތަކުރާރުކޮށް އިލްތިމާސްކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް