މިއަދަކީ މިއަހަރު ރެކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެ އައި ދުވަހެއް

މިއަދަކީ މިއަހަރު ރެކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެ އައި ދުވަހެކެވެ. އެގޮތުން މިއަދު4700 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އަބްދުﷲ މައުސޫމް ވިދާޅުވިއެ...

12 Feb 2021 | 13:51

މިއަދަކީ މިއަހަރު ރެކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެ އައި ދުވަހެކެވެ. އެގޮތުން މިއަދު4700 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުމަށް ކުރާ މަސައްކަތްތަކަށް، އެންމެހާ ފަރާތްތަކަށް މިނިސްޓަރ ވަނީ ޝުކުރު އަދާ ކޮށްފައެވެ.

https://twitter.com/Mausoom_Maus/status/1360219145627783168

މި މަހު މިހާތަނަށް 32650 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި މި އަހަރު މިހާތަނަށް 124753 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. ރަޝިޔާއަށް ފަހު މި ލިސްޓްގައި ހިމެނެނީ އިންޑިޔާއެވެ. ތިންވަނަ އަށް ޔޫކްރެއިންއެވެ.

18 އަތޮޅެއްގައި145 ރެސޯޓް މިހާރު ހިނގަމުންދެއެވެ. އަދި16 އަތޮޅެއްގައި347 ގެސްޓްހައުސް ހިންގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް