ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީ 1 ވަނަ ދުވަހު އެވެ.
ސަރުކާރުން ވަނީ ރާއްޖޭގައި ވެކްސިން ޖެހުމުގެ ކެޓަގަރީއަށް ފެތޭ ހުރިހާ ދިވެހިންނާއި ބިދޭސީންނަށް ހިލޭ ކޯވިޑް ވެކްސިން ޖަހައިދޭނެކަމަށް ބުނެފައި އެވެ. ރާއްޖޭގައި އަދި ބޭނުން ކުރަމުން ދަނީ ކޮވިޝީލްޑް ވެކްސިނެވެ.
މި ވެކްސިންގެ 100،000 ޑޯޒު އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވެ އެވެ. ކޮވިޝީލްޑް ވެކްސިން އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންނަކަށް ނުޖަހާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް