ތ. ގުރައިދޫއިން ބަލިމީހަކު އިތުރު ފަރުވާއަށް، ހެލިކޮޕްޓަރުގައި މިއަދު ހަވީރު މާލެ ގެންނާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ތ. ގުރައިދޫ ހެލްތް ސެންޓަރގައި ފަރުވާ ދެމުން ދިޔަ ބަލިމީހެއް މާލެ ގެންނަނީ އަވަސް ފަރުވާއަށެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި މިއަދު ހަވީރު17:00 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާނެއެވެ.
އަވަސް ފަރުވާއަށް ގުރައިދޫން ގެންނަނީ32 އަހަރުގެ ފިރިހެނެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މިއީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު، އެމްއެންޑީއެފް ހެލިކޮޕްޓަރގްއި ގެންނަ ބަލިމީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް