މާލެ ސަރަހައްދުގައި ހަޔަކުން ހަޔަކަށް ވެހިކަލް ދުއްވުން މަނާކޮށްފި

މާލެ ސަރަހައްދުގައި18:00 އިން06:00 އަށް ވެހިކަލް ދުއްވުން މަނާކޮށްފިއެވެ. އެގޮތުން ­ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވާފައިވާ އެންގުމުގައި ބުނެފައިވަނީ މާލެ ސަރަހައްދު...

12 Feb 2021 | 10:31

މާލެ ސަރަހައްދުގައި18:00 އިން06:00 އަށް ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.

އެގޮތުން ­ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވާފައިވާ އެންގުމުގައި ބުނެފައިވަނީ މާލެ ސަރަހައްދު (މާލެއާއި، ހުޅުމާލެ އާއި ވިލިމާލެއާއި، ތިލަފުއްޓާއި، ގުޅީފަޅު، ހުޅުލެ) ގައި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކަމަށެވެ.

މި ބަދަލު ގެނެސްފައިމިވަނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެނެވެ.

ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަކޮށްފައިވާއިރު ކޮވިޑަށް ޕޮޒިޓިވް ވާ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން186 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އެކްޓިވް ކޭސްތަކުގެ އަދަދު2243 އަށް އަރާފައިވާއިރު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ޕޭޝަންޓުންގެ އަދަދު ވަނީ211 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް