އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި ދުއްވާފައިދިޔަ ދެ ސައިކަލު، އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ޖެހި އެކްސިޑެންޓްވެފައިވާކަމުގެ މައުލޫމާތު މިއަދު 11:30 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
"މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވޭ، އެއީ އެއް ސައިކަލުގައި ދުއްވަން އިން ބަންގްލަދޭޝް ފިރިހެނަކަށާއި އަނެއް ސައިކަލުގައި ދުއްވަން އިން ދިވެހި ފިރިހެނަކަށާއި ފަހަތުގައި އިން ދިވެހި އަންހެނަކަށް" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި އެކްސިޑެންޓްގައި ހިމެނޭ ދެ ސައިކަލުވެސް ދުއްވާފައިވަނީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ދެމީހުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް