މިމަހު ރާއްޖެއަށް 30،000 އަށްވުރެ ޓޫރިސްޓުން ޒިޔާރަތް ކޮށްފި

މިމަހު މިހާތަނަށް ރާއްޖެއަށް 30،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. އެ މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ތަފާސް ހިސާބު ދައްކާގ...

12 Feb 2021 | 04:16

މިމަހު މިހާތަނަށް ރާއްޖެއަށް 30،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ތަފާސް ހިސާބު ދައްކާގޮތުން މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 29،591 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް 50،989 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 42 ޕަސެންޓު ދަށް އަދަދެކެވެ. ރާއްޖެއަށް ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ ދަށްވެފައިވަނީ ކޯވިޑް-19 ގެ ސަބަބުން އަނެއްކާވެސް ގައުމުތަކުން ދަތުރުފަތުރާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެންނެވެ.

މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވަނީ މިދިޔަ މަހެކޭ އެއްގޮތަށް ރަޝިއާއިންނެވެ. އެ ގައުމުން ރާއްޖެއަށް 27،041 ޓޫރިސްޓުން އައިސްފައިވާއިރު ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާއިން ރާއްޖެ އައިސްފައިވަނީ 26،292 ޓޫރިސްޓުންނެވެ.

ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޔޫކްރެއިން އިންނެވެ. އެ ގައުމުން ރާއްޖެއަށް 8،867 ޓޫރިސްޓުން އައިސްފައިވާއިވެ އެވެ.

ދެން ޓޫރިސްޓުން އެންމެ ގިނައިން އައި ގައުމުތަކުގެ ތެރޭގައި ކަޒަކިސްތާން، ރޮމޭނިއާ، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، ޗެކް ރިޕަބްލިކް އަދި ސްވިޒަލޭންޑް ހިމެނެ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖޭގައި އޮޕަރޭޓް 145 ރިސޯޓުއޮޕަރޭޓް ކުރަން ފަށާފައިވެ އެވެ.  އަދި 357 ގެސްޓްހައުުސް ހިދުމަތް ދެމުންދާއިރު 136 ސަފާރީއަކަށް ހިންގުމުގެ ހުއްދަ ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް