ދިރާގު "ސްމާޓް އެގްޒެކެޓިވް" ގެ ނަމުގައި ޚާއްސަ ދެ ޕެކޭޖުތަކެއް ތަޢާރަފްކޮށްފި

އެންމެ ބޮޑު ޑާޓާ އެލެވެންސާއިއެކު "ސްމާޓް އެގްޒެކެޓިވް" ގެ ނަމުގައި ވަރަށް ޚާއްސަ ދެ ޕެކޭޖުތަކެއް މިއަދު ދިރާގުން ތަޢާރަފްކޮށްފިއެވެ. ދިރާގުން ބުނި ގޮތުގައި މިދެ ޕެކެޖުތަކަކީ ވިޔަފާރިވެރިންނާއި އެގްޒެ...

12 Feb 2017 | 12:44

އެންމެ ބޮޑު ޑާޓާ އެލެވެންސާއިއެކު "ސްމާޓް އެގްޒެކެޓިވް" ގެ ނަމުގައި ވަރަށް ޚާއްސަ ދެ ޕެކޭޖުތަކެއް މިއަދު ދިރާގުން ތަޢާރަފްކޮށްފިއެވެ.

ދިރާގުން ބުނި ގޮތުގައި މިދެ ޕެކެޖުތަކަކީ ވިޔަފާރިވެރިންނާއި އެގްޒެކެޓިވްސް އަދި ޕްރޮފެޝަނަލް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ޚާއްސަ ޕެކޭޖުތަކެކެވެ.

މިއަދު ތަޢާރަފް ކުރެވުނު 'ސްމާޓް އެގްޒެކެޓިވް' ޕެކޭޖުތަކުން، 1499 ގެ ޕެކޭޖުން 30 ޖީބީ ޑޭޓާ އަދި 1999 ގެ ޕެކޭޖުން 45 ޖީބީ ޑޭޓާ ލިބުން ހިމެނެއެވެ.

ދިރާގުން ބުނެފައިވަނީ މިޕެކޭޖުތަކުގެ ސަބަބުން ރާއްޖޭގެ ކޮންމެ ނެޓްވޯކަކަށްވެސް ބޭނުން ވަރަކަށް ކޯލާއި އެސްއެމްއެސް ކުރެވޭނެ ކަމަށާއި ޑޭޓާ އެލަވަންސް ހުސްވި ކަމުގއި ވިޔަސް އެކްސެސް ޗާޖެއް ނުކުރާނެ ކަމަށެވެ.

މީގެ އިތުރުން މި ދެ ޕެކޭޖުންވެސް، އެފަރާތެއް ޚިޔާރުކުރާ ރާއްޖެއިން ބޭރުގެ ކޮންމެވެސް އެއް ޤައުމަކަށް ގުޅާއިރު %50 ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ދިރާގުން މިއަދު ހާމަކުރި އެކުންފުނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2016 ވަނަ އަހަރު އެކުންފުންޏަށް 2.5 ބިލިއަން ރުފިޔާ ލިބިފަައިވެއެވެ. އެއީ 2015 ވަނަ އަހަރާއި އަޅާ ބަލާއިރު %15 ނުވަތަ 226 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ނިމިގެންދިޔަ 2016 ވަނަ އަހަރު ދިރާގަށް ސާފު ފައިދާގެ ގޮތުގައި 840 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ 2015 ވަނަ އަހަރަށްވުރެ %16 އިތުރު އަދަދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް