ނިމިގެންދިޔަ 2016 ވަނަ އަހަރުގެ ބައިނަލްއަޤްވަމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދިޔަ ފޮޓޯ މުބާރާތުން ވަނަތަށް ހާސިލްކުރި ފަރާތްތަށް ހޮވާލައިފިއެވެ.
އެގޮތުން ލައިކްސް އާއި ޝެއާގެ ނިސްބަތުން އެންމެ ގިނަ ޕޮއިންޓްސް ހޯދާފަައިވާ ފޮޓޯއަކީ އަފްތީމް އިބްރާހިމް (ކޯޑު: ) ހުށަހަޅާފައިވާ ފޮޓޯ އެވެ. އަދި އެންމެ ގިނަ މީހުން ބައިވެރިވެފައިވާ ފޮޓޯއަކީ އިބްރާހިމް ނަސީމް (ކޯޑު: 108) ހުށަހަޅާފައިވާ ފޮޓޯއެވެ.
ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ޢާއްމުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ކޮރަޕްޝަންގެ ނޭދެވޭ އަސަރު ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވުނު މި މުބާރާތުގެ ތީމްގެ ގޮތުގައި ހަމަޖައްސައިފައިވަނީ “މަވެސް ކޮރަޕްޝަނާ ދެކޮޅު”، “އަހަންނަކީ ނަޒާހަތްތެރިއެއް”، އަދި”ކޮރަޕްޝަނަށް ނޫނެކޭ ބުނަމާ” މި ޝިއާރު ތަކެވެ.
މީގެ އިތުރުން، ފޮޓޯ މުބާރާތާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާގެ ތަފްސީލާއިއެކު 15 ފެބްރުއަބީ 2017ގެ ކުރިން ލިޔުމަކުން އޭސީސީއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފަވެ.
ޖުމްލަ ދެ ކެޓެގަރީއަކަށް ބަހާލައިގެން ކޮންމެ ކެޓްގަރީއަކުން އިނާމެއްގެ ގޮތުގައި ދިހަ ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ އިނާމު ދިނުން ފަހު ތާރީޚެއްގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް