ހުޅުމާލޭ ފިޔަވަތީގެ މަރާމާތަށް ކަސްޓަމްސް އިން އެހީވެއްޖެ

ދައުލަތުގެ ބެލުމުގައި ދަށުގައި ތިބޭ ކުދިން ބޭއްތިއްބުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އަށް މޯލްޑިވްސް ކަސްޓަމްސް އިން ތަކެތި ހަދިޔާކޮށްފި އެވެ. ކަސްޓަމްސް އިން ބުނީ އިއްޔެ އެ އިދާރާގެ މުވައްޒަފުނ...

12 Feb 2017 | 08:58

ދައުލަތުގެ ބެލުމުގައި ދަށުގައި ތިބޭ ކުދިން ބޭއްތިއްބުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އަށް މޯލްޑިވްސް ކަސްޓަމްސް އިން ތަކެތި ހަދިޔާކޮށްފި އެވެ.

ކަސްޓަމްސް އިން ބުނީ އިއްޔެ އެ އިދާރާގެ މުވައްޒަފުން ފިޔަވަތިއަށް ޒިޔާރަތްކޮށް ދުވަސް އެއްކޮށް ހޭދަކޮށްފައިވަނީ ފިޔަވަތީގައި ތިބި ކުޑަކުދިންނާއި އެކު ކަމަށެވެ. މި ހަރަކާތުގެ ތެރެއިން އެ ތަނަށް ބޭނުންވާ މަރާމާތުގެ ސާމާނާއި ހިފާ ގެންގުޅޭ ސާމާނު ހަދިޔާކޮށްފައިވެ އެވެ.

ކަސްޓަމްސް އިން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ  ފާރުގައި ލާ ކުލަ އާއި، ފާރު ޑެކަރޭޓު ކުރާ ސާމާނާއި ބަދިގެއަށް ބޭނުންވާ ސާމާނުގެ އިތުރުން ފާހާނާ އާއި އެތަން މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު އަދި ފަސްޓް އެއިޑް ސާމާނެވެ. އިއްޔެ ހަވީރު ފިޔަވަތީގައި ވަނީ ކަސްޓަމްސްގެ ފަރާތުން ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފައި އެވެ.

މިތަކެތި ފިޔަވަތި އާއި ހަވާލުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފު މުހައްމަދެވެ.

ކަސްޓަމްސް އިން ބުނީ މި ހަރަކާތަކީ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް