'އަކިލިއަން' އެޕާޓްމެންޓްސް އިން މޯލްޑިވިއަން ލިވިންގް އެކްސްޕޯގައި ބައިވެރިވެއްޖެ

ލަންކާގެ ހަތްތަރީގެ އެޕާޓްމެންޓްސް އެއް ގޮތުގައި ތަރައްޤީ ކުރާ 'އަކިލިއަން' އެޕާޓްމެންޓްސްއިން، މޯލްޑިވިއަން ލިވިންގް އެކްސްޕޯ 2017 ގައި ބައިވެރިވެއްޖެ އެވެ. ޝްރީ ލަންކާގެ ފުރަތަމަ ސްކައި ބްރިޖާއި ހެލ...

12 Feb 2017 | 07:37

ލަންކާގެ ހަތްތަރީގެ އެޕާޓްމެންޓްސް އެއް ގޮތުގައި ތަރައްޤީ ކުރާ 'އަކިލިއަން' އެޕާޓްމެންޓްސްއިން، މޯލްޑިވިއަން ލިވިންގް އެކްސްޕޯ 2017 ގައި ބައިވެރިވެއްޖެ އެވެ.

ޝްރީ ލަންކާގެ ފުރަތަމަ ސްކައި ބްރިޖާއި ހެލިޕެޑަކުން ގުޅިފައިވާ 50 ބުރީގެ ދެ ޓަވަރުގެ މައްޗަށް އެކުލެވޭ މިބޮޑު އިމާރާތުގެ މަސައްކަތަކީ ލަންކާގެ ބްލޫ މައުންޓަން ޕްރޮޕަޓީސް ކިޔާ ކުންފުންޏަކުން ހިންގާ މަޝްރޫޢުއެކެވެ.

މިހިނގާ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ލިވިންގް އެކްސްޕޯ 2017 ގައި، ލަންކާގެ އަކިލިއަން ޓްވިން ޓަވަރުގެ އެޕާޓްމެންޓްތައް ބުކް ކުރުމުގެ ފުރުސަތު އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށްވަނީ ހުޅުވާލައިފައެވެ.

އަކިލިއަން އެޕާޓްމެންޓްސްތަށް އިމާރާތް ކުރެވެނީ ކޮލޮމްބޯގެ މަޝްހޫރު ޝޮޕިންގް މޯލެއް ކަމަށްވާ 'މެޖެސްޓިކް ސިޓީ (އެމްސީ)' ކައިރީގައި، ބަމްބަލަޕިޓިޔާ ސްޓޭޝަން ރޯޑުގައެވެ.

މި ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ނޭޝަނަލް އާޓް ގެލެރީގައި އޮންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯ 2017ގައި ލައިފްސްޓައިލް ޕްރޮޑަކްޓްތަކާއި، ގެދޮރުގައި ބޭނުންކުރެވޭނެ ޒަމާނީ ވަސީލަތްތަކާއި، ހޯމް ފައިނޭންސިން އާއި އިންޝުރެންސް ޚިދުމަތްތަކާ ބެހޭ މައުލޫމާތު ލިބޭނެއެވެ.

ލަންކާގެ ހަތްތަރީގެ 'އަކިލިއަން' އެޕާޓްމެންޓްސް އިމާރާތްކޮށް އެއްކޮށް ނިންމުމަށް އަމާޒުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޯގަސްޓް މަހަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް