ބޮޑުފުޅަދޫ ގެއަކުން މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފި

އއ. ބޮޑުފުޅަދޫ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފި އެވެ. މިމަހުގެ 10 ވަނަ ދުވަހުގެ  ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ...

12 Feb 2017 | 06:19

އއ. ބޮޑުފުޅަދޫ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފި އެވެ.

މިމަހުގެ 10 ވަނަ ދުވަހުގެ  ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިެހެނެ ކެވެ. ފުލުހުން ބުނީ އެ ގެ ބަލައި ފާސްކުރީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ކަމަށެވެ.

އެގޭގައި އެމީހާ އުޅޭ ކޮޓަރީގައި ހުރި އަލަމާރި ތެރޭގައި އޮތް ދަބަހަކުން މަސްތުވާތަކެތި އަޅާފައި ހުރި ހަތަރު ސެލޯފީން ކޮޅު ފެނިފައިވެ އެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުޑަކަމުދާތަކެތި ޓެސްޓު ކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މީހާގެ ބަންދަށް އއ. ރަސްދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ 15 ދުވަސް ޖަހާފައި އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް