ފިރިހެނުން އާންމުކޮށް ހަދާ ދޮގުތައް

ކުޑަކަމެއް ކަމަށް ދެކިގެން ދިރިއުޅުމުގެ ތަފާތު ހާލަތްތަކުގައި ދޮގުހެދުން މިވަނީ އަހަރެމެންގެ މުޖުތަމަޢުގައި ވަރަށް އާންމު ކަމަކަށް ވެފައެވެ. ދޮގުހެދުމުގައި އަންހެނުން އަދި ފިރިހެނުންވެސް ހަމަހަމަ ކަމަ...

12 Jan 2021 | 06:00

ކުޑަކަމެއް ކަމަށް ދެކިގެން ދިރިއުޅުމުގެ ތަފާތު ހާލަތްތަކުގައި ދޮގުހެދުން މިވަނީ އަހަރެމެންގެ މުޖުތަމަޢުގައި ވަރަށް އާންމު ކަމަކަށް ވެފައެވެ. ދޮގުހެދުމުގައި އަންހެނުން އަދި ފިރިހެނުންވެސް ހަމަހަމަ ކަމަށް މީހުން ބުނަމުންދާއިރު ދިރާސަތަކުން މި ދައްކަނީ މުޅިން ތަފާތުކޮށެވެ. އެގޮތުން ދިރާސާތަކުން ދައްކާ ގޮތުގައި ގިނައިން ދޮގު ހަދާ އުޅެނީ ފިރިހެނުންނެވެ. ދެން ފިރިހެނުން އާންމުކޮށް ހަދަނީ ކޮންކަހަލަ ދޮގުތަކެއްކަން ބަލައިލަމާ ހިނގާށެވެ.

އެމީހުންގެ އިސްކޮޅު އޮޅުވާލުން

ޕާސަނަލިޓީ އެންޑް ސޯޝަލް ސައިކޮލޮޖީ ނަމުގައި ހަދާފައިވާ ރިސާޗަކުން ދައްކާގޮތުގައި ޑޭޓިންގް ސައިޓްތަކުގައި 90 ޕަސެންޓް ފިރިހެނުން ހުންނަނީ އެމީހުންގެ އިސްކޮޅުގެ މަޢުލޫމާތު ނުބައިކޮށް ދީފައި ކަމުގައެވެ. އެގޮތުން އެމީހުންގެ ހަމަ އިސްކޮޅަށްވުރެ އިތުރުކޮށްފައި މަޢުލޫމާތު ދީފައި ހުންނަކަމުގައި ވެއެވެ.

އެމީހުންގެ އިޙުޞާސްތައް

ދިރާސާތަކުން ދައްކާގޮތުގައި ފިރިހެނުންނަކީ އެމީހުންގެ ޖަޒުބާތުތައް އެހާ ބޮޑަށް މީހުންނަށް ދައްކަން ބޭނުންވާ ބައެއް ނޫނެވެ. މިސާލަކަށް ކަމަކާ ދެރަވެގެންވެސް އެކަން ދައްކާ ރޮވެ ހަދަން ބޭނުންވާ ބައެއް ނޫނެވެ. ދިރާސާތަކުން ދައްކަނީ އެއީ އެމީހުންނަށް ލިބޭ ބަލިކަށި ކަމެއްކަމަށް އެމީހުން ދެކެއެވެ. އެހެންކަމުން އުފާވެރި ކަމެއް އަދި ހިތާމަވެރި ނުވަތަ ރުޅި އަންނަ ކަމެއް މަދުވެރިވިޔަސް އެހާ ބޮޑަށް އެމީހުން އެކަން ފާޅު ނުކުރަން ދޮގުވެސް ހަދައެވެ.

އެމީހުންގެ ޖިންސީ އެދުމުގެ ވާހަކަ

"އެމެރިކާގައި 65  އަހަރުން ދަށުގެ 30 މިލިއަން މީހުންނަކީ ޖިންސީ ގޮތުން ކޮންމެވެސް ކަހަލަ ނުކުޅެދުންދެރިކަމެއް ހުންނަ ބައެއް. އެހެން ނަމަވެސް އޭގެން ގިނަ މީހުން އެކަން ޤަބޫލުކުރަން ބޭނުން ނުވެ." ލޮސް އެންޖެލަސް ގެ ޔުރޮލޮޖިސްޓް ޑަޑްލޭ ޑެނޮފް "ފޮކްސް ނިއުސް" އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެއެވެ. އެގޮތުން މިފަދަ މީހުން ޑޮކްޓަރަށް ދައްކަން އަންނަނީ އެހެން ބޭނުމަކުގައި ކަމަށާއި ނަމަވެސް ބޭސް ނަގަނީ ޖިންސީ ނުކުޅެދުންތެރިކަމަށް ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

އެމީހުންނަށް ކުރެވޭ ގޯސް ކަންތައް

މަދު މީހުންނަކީ މީހުންގެ އިޙުޞާސްތައް ދަންނަ ބައެކެވެ. އަދި އެހެން މީހުންނަށް ކުށެއް ކުރެވުނަސް އެކަމަށް މާފުކޮށް ހަދަނީވެސް ބައެއް މީހުންނެވެ. ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމުގައިވާ ޑޭވިޑް ޖޭ ލޭ ބުނެފައިވަނީ ފިރިހެނުން އެމީހުންގެ އަގު ރައްޓެހިންގެ ކުރިމަތީގައި ހިފަހައްޓަން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން އެމީހުންނަށް އިތުބާރުކުރާ މީހުން ގަދަރުކުރާ އަދި އަގުހުރި ބައެއްގެ ގޮތުގައި ބަލައިގަންނަން ވަރަށް ބޮޑަށް ބޭނުންވާ ބަޔަކަށް ވުމުން އެމީހުންނަށް ގޯސް ކަމެއް ކުރެވުނަސް އެކަން ފޮރުވަނީއެވެ.

ކުރީގެ ބިޓުންގެ ވާހަކަ

ބްރިޓިޝްގެ ޑޭޓިންގް ސައިޓެއްގައި 2000 މީހުން ބޭނުންކޮށްގެން ހެދި ދިރާސާއެއްގައި ދައްކާގޮތުގައި 44 ޕަސެންޓް ފިރިހެނުން އެމީހުންގެ ކުރީގެ ގުޅުންތަކުގެ ވާހަކަތައް ބައިވެރިޔާއަށް ސިއްރުކުރެއެވެ. ދެން އޮތޯ ސުވާލެކެވެ. އެއީ ކީއްވެ ހެއްޔެވެ. އެމީހުން ދެކޭ ގޮތުގައި އެއީ އެކަމުގެ ސަބަބުން ބައިވެރިޔާއާއެކު ގުޅުން ނުފެށެނީސް ގުޅުން ނިންމާލުން ފަދަ ކަމެކެވެ. އެފަދަ ވާހަކަތައް ކިޔާދިނުމުން ބައިވެރިޔާއާއެކު އޮންނަ ގުޅުމަށް ހީނަރުކަން އަންނަކަމަށްވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް