މިދިޔަ އަހަރު ހުޅުމާލޭގައި އެންމެ ގިނައީ މަގުތަކާއި ގަހަށް ޖެހޭ ބަލިތަކުގެ ޝަކުވާ

މިދިޔަ އަހަރު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުޅުމާލޭ އާންމުންގެ ފަރާތުން އެންމެ ގިނައިން ހުށަހަޅާފައިވަނީ މަގުތަކާއި ގަހަށް ޖެހޭ ބަލިތަކުގެ ޝަކުވާ ކަމަށް ބުނެފި އެވެ. އެޗްޑީސީން ވ...

12 Jan 2021 | 05:55

މިދިޔަ އަހަރު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުޅުމާލޭ އާންމުންގެ ފަރާތުން އެންމެ ގިނައިން ހުށަހަޅާފައިވަނީ މަގުތަކާއި ގަހަށް ޖެހޭ ބަލިތަކުގެ ޝަކުވާ ކަމަށް ބުނެފި އެވެ.

އެޗްޑީސީން ވަނީ އާންމުން ހުށަހަޅާފައިވާ ޝަކުވާތަކާއި އެ މައްސަލަތަކަށް ހައްލު ހޯދައިދިން ގޮތުގައި ތަފާސް ހިސާބު އާންމު ކޮށްފައި އެވެ. އެޗްޑީސީން ބުނީ މިދިޔަ އަހަރު މައިގަނޑު ހަތް ދާއިރާއަކުން އާންމުންގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބިފައިވާ ކަމަށެވެ.

އޭގެ ތެރެއިން 26 ޕަސެންޓަކީ މަގުތަކާއި ގުޅޭގޮތުން ހުށަހެޅި ޝަކުވާއެވެ. ދެވަނައަށް 24 ޕަސެންޓު ޝަކުވާ ހުށަހަޅާފައިވަނީ ގަސް ގަހަށް ތަފާތު ބަލިތައް ޖެހިގެން ނެވެ.

މިދިޔަ އަހަރު ހުށަހެޅި 16 ޕަސެންޓު ޝަކުވާ އަކީ ބިން ބޭނުން ކުރުމާއި ގުޅޭގޮތުން ހުށަހެޅި ޝަކުވާއެވެ. ކުނި އުކުމާއި ނުވަތަ ކުންޏާއި ގުޅޭގޮތުން 12 ޕަސެންޓު ޝަކުވާ ކުރި އިރު އަށް ޕަސެންޓު ޖަނަވާރުތަކާއި ގުޅޭ ޝަކުވާގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ޕާކާއި ގަސް ގަހާ ގެހީގެ އުނދަގޫވެގެން އަށް ޕަސެންޓު ޝަކުވާ ހުށަހަޅާފައިވެ އެވެ. އެންމެ މަދުން ޝަކުވާ ހުށަހަޅާފައިވަނީ ފެނާ ނަރުދަމާ އާއި ގުޅިގެންނެވެ. އެ ދާއިރާއިން ޝަކުވާ ހުށަހެޅީ ހަ ޕަސެންޓެވެ.

އެޗްޑީސީން ބުނީ ޝަކުވާ ހުށެޅި މައްސަލަތައް ހައްލު ކުރުމަށް އެޗްޑީސީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އާންމުންގެ ފަރާތުން ހުށަހެޅި ޝަކުވާތަކުގެ 63 ޕަސެންޓު މައްސަލަތައް ހައްލުކޮށްދީފައިވާއިރު 37 ޕަސެންޓު މައްސަލަތައް ހައްލު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެ ކުންފުނިން ބުނީ އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލޭ ރައްޔިތުންނާއި އެ ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފަސޭހަ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް