ހަންޏާމީދޫ ނެރު ފުންކޮށް ނިންމައި، ބަނދަރު ފުންކުރަނީ

އދ. ހަންޏާމީދޫގައި މިހާރު ހަދާފައިހުރި ނެރު ފުންކުރުމުގެ މަސައްކަތް ނިމިއްޖެކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ. މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތެވެ...

12 Jan 2021 | 04:59

އދ. ހަންޏާމީދޫގައި މިހާރު ހަދާފައިހުރި ނެރު ފުންކުރުމުގެ މަސައްކަތް ނިމިއްޖެކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތެވެ.

އެމްޓީސީސީން ބުނީ ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 15 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރު ސަރަޙައްދުން ފުންކުރާނީ 6،363.1 ކިއުބިކް މީޓަރެވެ. އަދި 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ.

މީގެ އިތުރުން 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،330 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ވެސް ހިމެނޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް