ތ. ގުރައިދޫ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ %16 ނިންމާލައިފި

ތ. ގުރައިދޫ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ %16 ނިމިފައި ވާކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެވެ. ޕޭވްމަންޓް ހަދަން ހަމަޖެހިފައިވަނީ  1،875 އަކަ މީޓަރުގެ ސަރަޙައްދެކެވެ. ގުރައިދޫ ޕޭވްމަންޓްގެ އިތުރުނ...

12 Jan 2021 | 04:17

ތ. ގުރައިދޫ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ %16 ނިމިފައި ވާކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެވެ. ޕޭވްމަންޓް ހަދަން ހަމަޖެހިފައިވަނީ  1،875 އަކަ މީޓަރުގެ ސަރަޙައްދެކެވެ.

ގުރައިދޫ ޕޭވްމަންޓްގެ އިތުރުން، ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %22 ނިންމައި، މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ %63 ވެސް ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން ހިމެނެވީ 7،952 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމާއި، 10،134 ކިއުބިކް މީޓަރުގެ މިހާރު ބޭނުންކުރަމުންދާ ބަނދަރު ސަރަޙައްދު ފުންކުރުމެވެ. މީގެ އިތުރުން، 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 329 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ވެސް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 46.01 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް