ވަރު ރިސޯޓުގެ ރާ ގުދަނުގައި އަލިފާން ރޯވެއްޖެ

ވަރު އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އެމްއެންޑީއެފް އިން ބުނީ ހާދިސާގެ ރިޕޯޓު ފަޔާ އެންޑް ރެސްކިއުއަށް ކުރީ ރޭ މެންދަމު 2:48 ހާއިރު ކަމަށެވެ. އެ އަލިފާން ގަނޑު ކޮންޓްރޯލް ކ...

12 Jan 2021 | 02:36

ވަރު އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ހާދިސާގެ ރިޕޯޓު ފަޔާ އެންޑް ރެސްކިއުއަށް ކުރީ ރޭ މެންދަމު 2:48 ހާއިރު ކަމަށެވެ. އެ އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ފަތިހު ހަތަރެއް ޖެހި ފަހުންނެވެ.

އެމްއެންޑީއެފް ޓީމު އެ ރަށަށް ދިޔައިރުވެސް އަލިފާން ކޮންޓްރޯލް ކުރެވިފައެއް ނުވެ އެވެ.

މިހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ރިސޯޓުގެ ރާ ރައްކާ ކުރާ ގުދަނުގައި އެވެ. މި ހާދިސާގައި ތަނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

މި ހާދިސާ ހިންގަން މެދުވެރިވި ސަބަބު ދެނެގަންނަމުން ދާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް