އިހަވަންދޫގައި އެމްއެންޑީއެފުން ކުރިއަށްގެންދާ މަލްޓިމީޑިއާ ކޯހުގެ ފަހު ސެމިސްޓަރ ފަށައިފި

އެމްއެންޑީއެފް ނޮދަން އޭރިއާ އިން ހއ. އިހަވަންދޫގައި ކުރިއަށްގެންދާ ސެޓްފިކެޓް 3 އިން މަލްޓި މީޑީއާ އެންޑް ވެބް ޑިޒައިނިންގ ކޯހުގެ ފަހު ސެމިސްޓަރ ފަށައިފިއެވެ. ހަތަރު ސެމިސްޓައަކަށް ބަހާލައިގެން ކުރިއ...

12 Jan 2017 | 06:39

އެމްއެންޑީއެފް ނޮދަން އޭރިއާ އިން ހއ. އިހަވަންދޫގައި ކުރިއަށްގެންދާ ސެޓްފިކެޓް 3 އިން މަލްޓި މީޑީއާ އެންޑް ވެބް ޑިޒައިނިންގ ކޯހުގެ ފަހު ސެމިސްޓަރ ފަށައިފިއެވެ.

ހަތަރު ސެމިސްޓައަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ކޯހުގައި ނިމުނު ސެމިސްޓަރ ތަކުގެ ޓްރާންސްކްރިޕްޓް ކޯހުގެ ބައިވެރިންނަށް މިދިޔަ މަހު ވަނީ ހަވާލު ކޮށްދެއްވާފައި ކަމަށާއި މި ޓްރާންސްކްރިޕްޓް، ކޯހުގެ ބައިވެރިންނާ ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ވައިސް ވަޙީދު ކަމުގައި އެމްއެންޑީއެފުން ބުނެ އެވެ.

" 178  ދަރިވަރުންނާއެކު ކުރިއަށްދާ މިކޯހުގައި ހއ. އިހަވަންދޫ ސްކޫލްގެ ގްރޭޑް 8 އިން ފެށިގެން 12 އާއި ދެމެދުގެ ސްކޫލް ދަރިވަރުންނާ އިހަވަންދޫގައި ހުންނަ ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނާއި ޒުވާނުން ބައިވެރިވެފައިވޭ، އަދި މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ހަ ދަރިވަރުންވެސް މިކޯހުގައި ދަނީ ކިޔަވަމުން" އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ އަންނަ ފެބްރުއަރީ މަހުގެ 15 ގައި ނިންމުމަށް ހަމަޖެހިފައިވާ މިކޯހުގައި ބައިވެރިވި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ކޯހުގެ ކުލާސްތަކަށް ޙާޟިރު ކުރުމާއި، ގެއަށް ގެންދިއުމުގެ ހުރިހާ ކަމެއްވެސް ކުރަމުން ދަނީ ސިފައިންގެ ބެލުމުގެ ދަށުން ކަމަށާއި މިކޯހުގެ ކުލާސްތައް ކުރިއަށްދަނީ ވެސް ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހައިން ކުލާސްރޫމްގައި ތިބެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސައިދީގެން ކަމަށެވެ.

އެމްއެންޑީއެފުން ހާމަކުރާގޮތުގައި ހއ. އިހަވަންދޫ ސްކޫލާއި އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއާ ގުޅިގެން މިދިޔަ ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހު ފެށި މިކޯހުގައި ކިޔަވައިދެއްވަނީ ވޮރަންޓް އޮފިސަރ 2 މުޙައްމަދު ޔާމިނާއި، ކޯޕްރަލް ޙަސަން ރިޔާޒާއި، ކޯޕްރަލް މުޙައްމަދު ޝިހާމްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް