ހަތަރު މީހުންނާއެކު ގެއްލިގެން ހޯދަމުންދިޔަ ލަންކާގެ މަސްބޯޓު ފެނިއްޖެ: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުންދިޔަ ސްރީލަންކާގެ މަސްބޯޓު، ހަތަރު މީހުންނާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް ފެނިފައިވާކަމުގައި އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން ބުނީ ސްރީލަންކާގެ މަސްބޯޓ...

12 Jan 2017 | 06:25

ގެއްލިގެން ހޯދަމުންދިޔަ ސްރީލަންކާގެ މަސްބޯޓު، ހަތަރު މީހުންނާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް ފެނިފައިވާކަމުގައި އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ސްރީލަންކާގެ މަސްބޯޓެއް ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް ސްރީލަންކާއިން އެދުމާ ގުޅިގެން މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އެ މަސްބޯޓު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ ކުރަމުން ކަމަށެވެ. މި މަސައްކަތް ކުރަމުން ދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް މި މަސްބޯޓު ފެނިފައިވަނީ ރޭ ދަންވަރު ތިނެއް ޖަހާކަންހާއިރު ހދ.މަކުނުދޫގެ ހުޅަނގުން 153 ނޯޓިކަލް މޭލު ބޭރުން އޮޔާދަނިކޮށް ކަމަށާއި މި ބޯޓު ފެނުނުއިރު އޭގައި ހަތަރު މީހުން ތިއްބެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ދެރަ ނަމަވެސް، ދެން ތިބި ތިން މީހުންގެ ޙާލު ރަނގަޅު ކަމުގައިވެސް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އެ މަސްބޯޓު ހދ.ކުޅުދުއްފުއްޓަށް ގެނައުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން ދަނީ މިހާރު ދަތުރުކުރަމުން ކަމަށެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް ކުޅުދުއްފުށީ ބަނދަރަށް ވަދެވޭވަރު ވާނެކަމަށް ލަފާކުރެވެނީ މިރޭ 11 ޖަހާކަންހާއިރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް