ލ ފޮނަދޫގައި ހުންނަ މީރާ އޮފީސް ފަޅާލައި އެ އޮފީހުގައި ހުރި ތިޖޫރި ވަގަށް ނަގައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލަ މިއަދު ހެނދުނު 7:50 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައިގާ އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމުގައިވެސް އޮފިސަރު ވިދާޅުވި އެވެ.
ފޮނަދޫން ވާހަކަދެއްކި މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ މީރާ އޮފީސް ފަޅާލާފައިވަނީ ކުޑަދޮރުތަކެއް ހުޅުވައިގެން ކަމަށާއި ވަގަށް ގެންގޮސްފައިވާ ތިޖޫރީގައި 11 ހާހަށްވުރެ ގިނަ ދިވެހި ރުފިޔާ އަދި 100 އެއްހާ ޑޮލަރު ހުރި ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް