މި އަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދިއުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގައި މަސްވަރާތައް ކުރުމަށް އެކި އެކި ގައުމުތަކަށް ސައުދީން ދައުވަތު ފޮނުވާފައިވާއިރު އިރާނަށް އެފަދަ ދައުވަތެއް ނުލިބޭކަމަށް އިރާނުން ބުނާ ބުނުން ސައުދީ އިން ދޮގުކޮށްފި އެވެ.
ސައުދީގެ ކަމާބެހޭ ފަރާތްތަކުން ނެރެފައވާ ބަޔާނެއްގައި ބުނެފައިވަނީ ސައުދީން ދައުވަތު ފޮނުވީ ގައުމުތަކުގެ ފޮރިން މިނިސްޓްރީއަށް އެޑްރެސްކޮށް ނޫން ކަމަށާއި ހައްޖުގެ ކަންކަމާގުޅޭ އިދާރާތަކަށާއި ޖަމާއަތް ޖަމިއްޔާ ތަކަށް ކަމަށެވެ. އަދި މިހާތަނަށް 79 ގައުމަކުން އެ ދައުވަތު ގަބޫލުކޮށްފައިވާއިރު އިރާނަށް ދައުވަތު ނުލިބޭކަމަށް ބުނާބުނުމަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއްކަމުގައި ސައުދީން ވަނީ ބުނެފަ އެވެ.
ސައުދީން ބުނެފައިވަނީ މި މަސްވަރާ ބައްދަލުވުންތައް ކުރިއަށްގެންދަން ރާވާފައިވަނީ ވަރަށް ފްލެކްސިބަލް ކޮށް ކަމަށާއި ބައްދަލުވުމުގެ ތާރީހު އަވަސްކޮށް ލަސް ކުރުމުގެ ފުރުސަތު ހަމަ ކޮންމެ ގައުމަކަށްވެސް ލިބިގެން ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް