މޯސުލްގެ އިރުމަތީ ސަރަހައްދުގެ 80 އިންސައްތައިން އައިއެސް ބޭރުކޮށްލައިފި

އިރާގުގެ ސިޓީއެއް ކަމުގައިވާ މޯސުލްގެ އިރުމަތީ ސަރަހައްދުގެ 80 އިންސައްތައިން އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ބޭރުކޮށްލެވިއްޖެ ކަމުގައި އިރާގުގެ ހަނގުރާމަވެރިން ހާމަކޮށްފި އެވެ. މޯސުލް އަކީ އައިއެ...

12 Jan 2017 | 05:47

އިރާގުގެ ސިޓީއެއް ކަމުގައިވާ މޯސުލްގެ އިރުމަތީ ސަރަހައްދުގެ 80 އިންސައްތައިން އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ބޭރުކޮށްލެވިއްޖެ ކަމުގައި އިރާގުގެ ހަނގުރާމަވެރިން ހާމަކޮށްފި އެވެ.

މޯސުލް އަކީ އައިއެސްގެ ބާރު އެއްމެ ވަރުގަދަ އެއް ސަރަހައްދު ކަމަށްވާއި މިއީ އިރާގުގެ ހަނގުރާމަވެރިންނަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމުގައި އިރާގުގެ ހަނގުރާމަވެރި ސިފައިން ވަނީ ހާމަކޮށްފަ އެވެ.

އިރާގުގެ ސިފައިން ހާމަކޮށްފައިވާގޮތުގައި އެވަރުގެ ކާމިޔާބީއެއް ލިބިފައިވަނީ އޮކްޓޯބަރުމަހުގެ 17 އިން ފެށިގެން މިހާތަނަށް ކުރި ބުރަ މަސައްކަތުންނެވެ. އަދި އެކަން ކާމިޔާބުވެފައިވަނީ އައިއެސްއާއި ދެކޮޅަށް އިރާގުން އެކުލަވާލާފައިވާ ކޯލިޝަންގެ ބޮޑު އެހީތެރިކަމާއެކު ކަމުގައިވެސް އިރާގު ސިފައިން ހާމަކުރެ އެވެ.

އިރާގު ސިފައިން ގަބޫލުކުރާގޮތުގައި މޯސުލްއިން އައިއެސް ޖަމާއަތް އެއްކޮށް ފައްސާލެވިއްޖެނަމަ އައިއެސް އެއްކޮށް ބަލި ކުރެވި އެ ޖަމާއަތް ވުޖޫދުންވެސް ނައްތާލެވިދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް