ކޮވިޑްގައި މަރުވާ މީހުން ވަޅުލުމަށް ޚާއްސަ ބިމެއް ހޯދަން ރާޖަޕަކްސަ އަންގަވައިފި

ކޮވިޑް-19ގެ ޝިކާރައަކަށްވެ، އެ ބަލީގައި މަރުވާ މީހުން ވަޅުލުމަށް ޚާއްސަ ޝަރުތުތަކެއް ހަމަވާ ބިމެއް ހޯދުމަށް، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއ...

11 Dec 2020 | 14:52

ކޮވިޑް-19ގެ ޝިކާރައަކަށްވެ، އެ ބަލީގައި މަރުވާ މީހުން ވަޅުލުމަށް ޚާއްސަ ޝަރުތުތަކެއް ހަމަވާ ބިމެއް ހޯދުމަށް، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވައިފި އެވެ.

ރާޖަޕަކްސަ ވަނީ އަންގަވާފައި ވަނީ އިންތިހާއަށް ހަނަފަސް އަދި ފެންފަށަލަ އިންތިހާއަށް ފުނުގައި އޮންނަ ބިމުގެ ސަރަހައްދެއް ހޯދުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރާޖަޕަކްސަ މިފަދަ އިރުޝާދެއް ދެއްވާފައި ވަނީ، ކޮވިޑް-19ގައި ލަންކާއިން މަރުވާ މީހުންގެ ހަށިގަނޑާ މެދު އަމަލު ކުރާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޮޑުވަޒީރު ރަސްމީ އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގަ އެވެ.

ސްރީލަންކާގެ ސިއްހީ ތަޖުރިބާކާރުން ބޮޑުވަޒީރަށް ވިދާޅުވީ، ކޮވިޑް-19ގައި މަރުވާ ޕޭޝަންޓުންގެ ހަށިގަނޑުގައި 36 ދުވަހަށް ވައިރަހުގެ އަސަރު ހުންނާނެ ކަމަށެވެ.

ރާޖަޕަކްސަ ވަނީ، ދީނީ ގަބޫލުކުރުންތަކެއްގެ ސަބަބުން، އަނެކާގެ ސިއްހަތު، ނުރައްކަލަށް ހުށަނޭޅެ ކަމަށް އިޝާރާތް ކުރައްވާފަ އެވެ.

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑު ނައްތާލަނީ އަންދާލައިގެން ނެވެ. ނަމަވެސް މިއީ މުސްލިމުންގެ އަގީދާއާ ޚިލާފު ކަމެއް ކަމުން، މިކަމުގައި ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ.

ސްރީލަންކާގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ ތިރީސް ހާހަށް އަރާފަ އެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު 146 އަށް ވަނީ އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް