ކޮވިޑުގައި އިތުރު މަރެއް – އަދަދު 48 އަށް

ކޮވިޑު 19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ޑީއެޗް11 ގައި...

11 Dec 2020 | 09:43

ކޮވިޑު 19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ޑީއެޗް11 ގައި އެޑްމިޓްކޮށްފައި އޮތް، އުމުރުން 69 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ މިއަދު ހެނދުނު 09:34 ހާއިރު ކަމުގައިވެސް ތަސްލީމާ ވިދާޅުވިއެވެ.

މި މަރާއެކު ކޮވިޑުގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 48 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް