ކާރެއްގައި ދަތުރުކުރަމުން ދަނިކޮށް އަފްޣާނިސްތާނުގެ ނޫސްވެރިޔާ މަލާލާ މަރާލައިފިއެވެ.
އެ ގައުމުގެ އަންހެން ނޫސްވެރިޔާ މަލާލާ މައިވަންދު މަރާލާފައިވަނީ އެގައުމުގެ ޖަލާލް އާބާދުގައެވެ.
އޭނާއަށް ހަމަލާ ދިނީ ބަޑި ހިފައިގެން ތިބި ބައެއް ކަމަށާއި ހަމަލާދިނުމަށް ފަހު، އެމީހުން ފިލާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ހަމަލާގައި އޭނާގެ ޑްރައިވަރުވެސް މަރުވެފައިވާ އިރު، މިކަމުގެ ޒިންމާ އެއްވެސް ފަރާތަކުން މިހައިތަނަށް އުފުލާފައެއް ނުވެއެވެ.
އަފްޣާނިސްތާނުގެ އެނިކަސް ޓީވީ އަދި ރޭޑިއޯގެ ނޫސްވެރިޔާ މަލާލާ އަކީ އެގައުމުގެ މަސައްކަތްތެރިންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެކެވެ.
އޭނާވަނީ އެގައުމުގައި އަންހެން ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަތައް ދައްކައި އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.
މަލާލާ މައިވަންދުގެ މަންމަ އަކީވެސް އެތައް ބައެއްގެ ހައްގުގައި މަސައްކަތް ކޮށްފައިވާ އެކްޓިވިސްޓެކެވެ. މީގެ ފަސްއަހަރު ކުރިން މަލާލާ މައިވަންދުގެ މަންމަ ވެސް ވަނީ ކާކުކަން ނޭނގޭ މީހަކު ދިން ބަޑީގެ ހަމަލާއެއްގައި މަރުވެފައެވެ.
މި ހަމަލާ ދީފައިވަނީ ދާދި ފަހުން އަފްޣާނިސްތާނުގައި ދީފައިވާ ހަމަލާތައް ނޭޓޯ އާއި އީޔޫ އިން ކުށްވެރިކޮށް ބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް