ޓެސްޓު ކުރި 1،176 ސާމްޕަލްގެ ތެރެއިން މިއަދު ޕޮސިޓިވްވީ 29 މީހުން

ރާއްޖެއިން އިތުރު29 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 22 މީހުންނާއި އަތޮޅު ތެރެއިން ހަތް މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ބިދޭސީންނާއި 17 ދިވެހިންނެވެ. ...

11 Nov 2020 | 18:48

ރާއްޖެއިން އިތުރު29 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 22 މީހުންނާއި އަތޮޅު ތެރެއިން ހަތް މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ބިދޭސީންނާއި 17 ދިވެހިންނެވެ.

މިއަދު ކޯވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 1،176 ސާމްޕަލެވެ.

ކޯވިޑަށް ފަރުވާ ދެމުން ދަނީ 812 މީހުންނަށެވެ. އޭގެ ތެރެއިން 49 މީހަކު ހޮސްޕިޓަލުންގައި އެޑްމިޓްކޮށްފައިވާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 222 މީހުން އެބަތިއްބެވެ.

މިއަދު އިރުއޮއްސި 6:00 ގެ ނިޔަލަށް 11،199 މީހުން ކޯވިޑުން ރަނގަޅުވެފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 12،059 މީހުންނެވެ. އޭގެ ތެރެއިން 41 މީހުން ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް