50 އަށް ވުރެ ގިނަ ވިޔަފާރިއާ އެކު ޕްރިވިލެޖްޑް އިން ފަންނާނުންނަށް ފުރެުސަތުތަކެއް ހުޅުވާލައިފި

‎ރާއްޖޭގެ އެންމެ ބޮޑު ލޯޔަލްޓީ ޕްރޮގްރާމް ކަމަށްވާ ޕްރިވިލެޖްޑް މޯލްޑިވްސްގެ ވެބްސައިޓް، ރާއްޖޭގެ މަގްބޫލުކަން ލިބިފައިވާ 50 އަށް ވުރެ ގިނަ ވިޔަފާރިތަކާ އެކު ދިވެހި ރާއްޖޭގެ ފަންނާނުންނާއި އަމިއްލަ މަ...

11 Nov 2020 | 12:40

‎ރާއްޖޭގެ އެންމެ ބޮޑު ލޯޔަލްޓީ ޕްރޮގްރާމް ކަމަށްވާ ޕްރިވިލެޖްޑް މޯލްޑިވްސްގެ ވެބްސައިޓް، ރާއްޖޭގެ މަގްބޫލުކަން ލިބިފައިވާ 50 އަށް ވުރެ ގިނަ ވިޔަފާރިތަކާ އެކު ދިވެހި ރާއްޖޭގެ ފަންނާނުންނާއި އަމިއްލަ މަސައްކަތްކުރާ އެތައް ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

‎މިއީ ޕްރިވިލެޖްޑް މޯލްޑިވްސްގެ މެމްބަރުންނަށް،  ވެބްސައިޓުގައި ހިމަނާލެވިފައިވާ ކެޓަގަރީތަކުގެ ތެރެއިން ޕްރިވިލެޖްޑް ޕާރޓްނަރޝިޕް ހަދާފައިވާ ވިޔަފާރިތަކުން %5 އާއި %50 އާއި ދެމެދުގެ ޑިސްކައުންޓެއް ލިބޭ ގޮތަށް އިންތިޒާމުކޮށްގެން ތަޢާރަފް ކުރެވިފައިވާ ވެބްސައިޓެކެވެ.

ޕްރިވިލެޖްޑް މޯލްޑިވްސްއިން މަޢުލޫމާތުދޭ ގޮތުގައި މި ޕްލެޓްފޯމް ޑިޒައިންކޮށް ބައްޓަންކުރެވިފައި ވަނީ ޕްރިވިލެޖްޑް މެމްބަރުންނަށް ކާޑު މެދުވެރިކޮށް އަގުހެޔޮކޮށް ވިޔަފާރިތަކެއް ކުރުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. މީގެ އިތުރުން ޕާޓްނަރުންގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ ގޮތަށް ކަސްޓަމަރުންނާ ވީހާ ވެސް ގާތް ގުޅުމެއް އުފެއްދޭ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ.

‎" ޕްރިވިލެޖްޑް މޯލްޑިވްސްގެ ޕްލެޓްފޯރމް 10 އޮކްޓޯބަރުގައި ލޯންޗް ކުރުމާ އެކު ގޯލްޑް ކާޑުގެ ފުރަތަމަ އެޑިޝަންގެ ކާޑުތައް ދޫކުރެވުނީ އެއްވެސް އަގަކާ ނުލާ. އެންމެ ކުރިން ރެޖިސްޓަރ ކުރި ފަރާތްތަކަށް،" ޕްރިވިލެޖްޑް މޯލްޑިވްސްގެ ސީއީއޯ ވިދާޅުވިއެވެ.

‎އޭނާ ވިދާޅުވީ ލިބުނު ތަރުހީބަށް ބަލާފައި މި މަހުގެ 10 ވަނަ ދުވަހު އިތުރު 3،000 ކާޑަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

‎"ޕްރިވިލެޖް މެމްބަރަކަށް ވުމަށްޓަކައި މެމްބަރުންނާއި ޕްރިވިލެޖްޑް ޕާރޓްނަރުންގެ ފަރާތުން ލިބެމުން ދިޔަ ތަރުޙީބުގެ ސަބަބުން އަޅުގަނޑުމެން ގަސްދުކުރީ މި މަހު ދެވަނަ އެޑިޝަންގެ 3000 ކާޑު ދޫކުރުމަށް. ޕްރިވިލެޖްޑް މެމްބަރަކަށް ވުމުން ހަމައެކަނި ލިބިގެންދާ ފައިދާ އަކީ ޕްރިލިޖްޑް ޕާރޓްނަރުންގެ ފަރާތުން ޑިސްކައުންޓް ލިބުމެއް ނޫން، ކާޑުން ވިޔަފާރި ކޮށްލުމުން "ރިޑީމަބަލް ޕޮއިންޓްސް" ވެސް ލިބިގެން ދާނެ. މި ޕޮއިންޓްސް ތައް ބޭނުން ކޮށްގެން އޮންލައިންކޮށް ވިޔަފާރި ވެސް ކޮއްލުމުގެ ފުރުސަތު ކާޑުގެ މެމްބަރުންނަށް ލިބިގެން ދާނެ.".

‎ޕްރިވިލްޖްޑް މޯލްޑިވްސްގެ ވެބްސައިޓުގައި ހިމެނޭ ބައެއް ކެޓަގަރީތަކުގެ ތެރޭގައި ކެފޭ، ރެސްޓޯރެންޓް އަދި ފާސްޓްފޫޑް، ސެލޫން، ސްޕާ، ޖިމް އަދި ފިޓްނަސް އާއި ފެޝަންގެ އިތުރުން އެކޮމޮޑޭޝަން ހިމެނެއެވެ.

‎ޕްރިވިލެޖްޑް އިން ބުނީ ވެބްސައިޓުގެ ކެޓަގަރީތަކުގައި ހިމަނާވަނީ މިހާރު ރާއްޖޭގައި މަޝްހޫރު އަދި ގިނަ އަދަދެއްގެ މީހުންގެ މަޤުބޫލުކަން ލިބިފައިވާ ވިޔަފާރިތަކާއި އައުޓްލެޓްތައް ކަމަށެވެ. މި ވެބްސައިޓުގައި ހިމަނާފައިވާ ކޮންމެ ވިޔަފާރިއަކުން މެމްބަރުންނަށް ޑިސްކައުންޓްތަކާއި އަދި ކާޑަށް ރިޑީމަބަލް ޕޮއިންޓްސް ވެސް ލިބެއެވެ.

‎ޕްރިވިލެޖްޑް މޯލްޑިވްސް އިން މަޢުލޫމާތުދޭ ގޮތުގައި މި ވެބްސައިޓުން ވިޔާފާރިތަކަށް ލޯކަލް އަދި އިންޓަނޭޝަނަލް 'އެކްސްޕޯޝަރ' ލިބިގެން ދާނެއެވެ. އެއީ ލޯކަލް ކާޑާއި ޓޫރިސްޓް ކާޑް މެދުވެރިކޮށެވެ. އަދި ޕްރިވިލެޖްޑް ޕާރޓްނަރަކަށް ވުމަށް ފަހު މެމްބަރުންގެ މެދުގައި ވިޔަފާރިތަކުގެ މާރކެޓިން ކުރުމުގެ ޒިންމާ ވެސް ޕްރިވިލެޖުން އުފުލާނެ ކަމަށާއި މީގެ އިތުރުން މަހުން މަހަށް ނިއުސްލެޓަރ ފޮނުވައި އެ ވިޔަފާތިތަކުގެ ލޯޔަލް ކަސްޓަމަރުންނަށް ޕްރިވިލެޖްޑް ކާރޑް ލިބޭނެ ފުރުސަތު ވެސް ފަހިކޮށްދޭނެ ކަމަށް ޕްރިވިލެޖްޑް މޯލްޑިވްސް އިން ބުންޏެވެ.

‎މި ޕްލެޓްފޯމްއަކީ ރާއްޖޭގެ ވިޔަފާރިތައް ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުން އަންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލުކަން ހޯދައިދޭނެ ފަދަ ގޮތަކަށް ބައްޓަން ކޮށްފައިވާ ޕްލެޓްފޯމެކެވެ. މީގެ އިތުރުން ވިޔާފާރިތައް ފުޅާވެ، ވަރުގަދަ ވެގެން ދިޔުމުގެ އިތުރުން އާ ވިޔަފާރިތައް އުފެއްދުމަށް ވެސް ހިތްވަރު ލިބިގެންދާނެ ކަމަށް ޕްރިވިލެޖްޑް މޯލްޑިވްސް އިން ބުންޏެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ވިޔަފާރިތައް ޕްރޮމޯޓްކުރުމުގެ އިތުރުން ޕްރިވިލެޖްޑް ޕާރޓްނަރަކަށް ވުމުގެ ފުރުސަތު އަދިވެސް އެބޮތް ކަމަށް ޕްރިވިލެޖްޑް މޯލްޑިވްސްއިން ވަނީ މަޢުލޫމާތުދީފައެވެ.

‎ވިޔަފާރިތައް ޕްރޮމޯޓްކުރުމުގެ އިތުރުން ރާއްޖޭގެ ފަންނާނުންނާއި އުފެއްދުންތެރިންނާއި މަސްކަތްތްތެރިންގެ ހުނަރާއި ގާބިލްކަން ޕްރޮމޯޓްކޮށް އެއް ޕްލެޓްފޯމަކަށް ގެނައުމަކީ ވެސް ޕްރިވިލެޖްޑް މޯލްޑިވްސްގެ އެއް ބޭނުން ކަމަށް އެ ފަރާތުން ބުންޏެވެ. އެ ގޮތުން ރާއްޖޭ މަޝްހޫރު ގިނަ ފަންނާނުންތަކެއްގެ ޕްރޮފައިލް މިހާރު ވަނީ ވެބްސައިޓްގައި ހިމަނާފައެވެ.

އޭގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިންނާއި ޓިކްޓޮކް ފަންނާނުންނާއި ފިލްމީ ތަރިންނާއި މިއުޒިޝަނުންނާއި ފޮޓޯގްރާފަރުންނާއި ސޯޝަލް މީޑިއާގައި ފިޔަޖަހަމުން އަންނަ ފަންނާނުން ހިމެނެއެވެ. މިއީ މި ފަންނާނުންނަށް އިތުރު ފުރުސަތުތައް ފަހުކޮށްދީ ޕްރޮމޯޓްވުމަށް ލިބޭނެ ވަރަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށާއި މި ފަރާތްތަކާ ގުޅިގެން ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތައް ކުރުމަށް ރާވާފައިވާ ކަމަށް ވެސް ޕްރިވިލެޖްޑް މޯލްޑިވްސް އިން ބުންޏެވެ. އަދި މިއީ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް މި ފަރާތްތައް ބޭނުންކުރުމަށް ވިޔަފާރިވެރިތަކަށް ވެސް ލިބޭނެ ފުރުސަތެއް ކަމަށާއި އެއް ޕްލެޓްފޯމެއްގެ ތެރެއިން މި ހުރިހާ ކަމެއް ހަމަޖެހިގެން ދިއުމަކީ ވެސް ޕްރިވިލެޖްޑް މޯލްޑިވްސްގެ އެއް މަގުސަދު ކަމަށް އެ ފަރާތުން ބުންޏެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް