ނަތީޖާ ލިބުނުހާ އަވަހަކަށް ހުއްދަ ދީ، އެމެރިކާގައި ކޮވިޑް ވެކްސިން ޖަހަން ފަށަނީ..

އެމެރިކާގައި އުފައްދާ ކޮވިޑް ވެކްސިން ގެ ނަތީޖާ ލިބުނުހާ އަވަހަކަށް ހުއްދަ ދީ، އެމެރިކާގައި ކޮވިޑް ވެކްސިން ޖަހަން ފަށަން ނިންމައިފި އެވެ. އެގައުމުގެ ކުންފުންޏަކުން ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ވެކް...

11 Nov 2020 | 11:52

އެމެރިކާގައި އުފައްދާ ކޮވިޑް ވެކްސިން ގެ ނަތީޖާ ލިބުނުހާ އަވަހަކަށް ހުއްދަ ދީ، އެމެރިކާގައި ކޮވިޑް ވެކްސިން ޖަހަން ފަށަން ނިންމައިފި އެވެ.

އެގައުމުގެ ކުންފުންޏަކުން ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ވެކްސިން "ޕެފިޒާ ވެކްސިން" ގައި މިހާރު ކުރިއަށް ދަނީ އެންމެފަހުގެ މަރުހަލާތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ އިންފެކްޝަސް ޑިޒީސް އެކްސްޕަރޓުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި މި ވެކްސިންގެ ނަތީޖާ ރަނގަޅެވެ.

ޖަރުމަނުގެ ބަޔޯއެންޓެކް އެސްއީ އާއި ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ހުއްދައަށް އަންނަ ހަފްތާގައި ހުރިހާ ރިޕޯޓުތަކާއެކީ ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން އިމަޖެންސީ ހުއްދަ ދިނުމާއެކު މަހަކު 20 މިލިއަން ޑޯޒް އެމެރިކާގެ ރައްޔިތުންނަށް ދިނުމަށް ޕެފިޒާ އިން ނިންމާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް