ތުބުޅި ދިގު ފިރިހެނުން ކެންސަރު ބަލިން ސަލާމަތް ވުމުގެ ފުރުސަތު ބޮޑު: ދިރަސާ

މިހާރަކަށް އައިސް ދިވެހި ޒުވާނުންގެ ތެރޭގައި ވެސް ތުނބުޅި ދިގުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ގިނަ ފިރިހެނުން ތުނބުޅި ބަހައްޓަނީ ފެޝަނެއްގެ ގޮތުގައި ދެކިގެންނެވެ. ދާދި ފަހުން ސައިންސްވެރިން ކުރި ދިރާ...

11 Nov 2020 | 11:42

މިހާރަކަށް އައިސް ދިވެހި ޒުވާނުންގެ ތެރޭގައި ވެސް ތުނބުޅި ދިގުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ގިނަ ފިރިހެނުން ތުނބުޅި ބަހައްޓަނީ ފެޝަނެއްގެ ގޮތުގައި ދެކިގެންނެވެ.

ދާދި ފަހުން ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ތުނބުޅިއަކީ ފިރިހެނުންގެ ފިރިހެންވަންތަކަން ދައްކުވައި ދިނުމުގެ އިތުރަށް، ސިއްހަތަށް ވެސް އެތަކެއް ފައިދާތަކެއް ކުރާ ކަމެކެވެ.

އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސަދަން ކުއީންސްލޭންޑް އިން “ރޭޑިއޭޝަން ޕްރޮޓެކްޝަން ޑޮސިމެޓްރީ ޖާނަލް” ގެ ނަމުގައި އާންމު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ތުނބުޅިއަކީ ފިރިހެނުންގެ މޫނުގެ ހަން އަލްޓްރާ ވައިލެޓް (ޔޫވީ) ގެ ދޯދިތަކުން ސަލާމަތްކޮށްދޭ ވަސީލަތެކެވެ. އެކަމަށް ތުނބުޅި 90 އާއި 95 ޕަސެންޓާ ދެމެދުގެ އެހީއެއް ފޯރުކޮށްދެ އެވެ.

މި ސަބަބާ ހުރެ ތުނބުޅި ބާލަން ބޭނުން ކުރާ ރޭޒަރު ޑަސްބިނަށް ވައްޓާލުމުގެ ކުރިން ވިސްނާލުން ހަމަ މަޖުބޫރެވެ. ސިއްހަތަށް ސަމާލުވާ ފިރިހެނުންނަށް މިއީ ފިކުރުކޮށް ނުލައި ދޫކޮށްލަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.

ތުނބުޅި މޫނުގެ ހަން ރައްކާތެރިކޮށް ދިނުމުގެ ސަބަބުން ހަމުގެ ކެންސަރުން ފިރިހެނުން ސަލާމަތްކޮށް ދޭނެ ކަމެކެވެ. ހަމަ މިއާ މިއާ އެކު މީހާގެ ރީތިކަން އިތުރަށް ދައްކުވައި ދީ، އަޅައިގަންނަ ގޮތެއް ހުންނަ ކަމަށް ދިރާސާ އިން ހާމަވެފައިވެ އެވެ.

މި ދިރާސާ ހެދުމަށް ސައިންސްވެރިން ބޭނުން ކުރީ ތުނބުޅި ލާފައި ހުރި މެނިކުއިންތަކާއި ތުނބުޅި ނުލައި ހުރި މެނިކުއިންތަކެވެ. އަދި މި ތަކެތި ގަދަ އަވީގައި ބަހައްޓައިގެން ނިކުތް ނަތީޖާ އިން ދެއްކި ގޮތުގައި ތުނބުޅި ހުރި މެނިކުއިންތައް އިރުގެ ދޯދިތަކުން މާ ބޮޑަށް ވެސް ރައްކާތެރިކޮށް ދީފައިވެ އެވެ.

ތުނބުޅި ބެހެއްްޓުމަކީ ސިއްހީ ގޮތުން ފައިދާ ހުރި ކަމަކަށް ވިޔަސް، އެކަމަށް ސަމާލު ވާން ޖެހެ އެވެ. ހާއްސަކޮށް ތުނބުޅި ރީތިކޮށް ސާފުކޮށް ބެހެއްޓުމަށެވެ.

އެހެން ނޫން ނަމަ ކާ އިރު، ތުނބުޅީގައި ކާތަކެތި އުނގުޅި މޫނުން ނުބައި ވަސް ދުވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ ތުނބުލި ދޮންނަން ހާއްސަ ކްރީމާއި ތެޔޮ ފަދަ ތަކެތި ބޭނުންކޮށްގެން ތުނބުޅި ދޮވެ، ސާފު ކުރަން ވާނެ އެވެ.

ތުނބުޅި އަކީ ސިއްޚީ ގޮތުން އެތަކެއް ފައިދާތަކެއް ކުރާ އެއްޗަކަށް ވާއިރު، ތުނބުޅި ނުބަހައްޓީ ވީ އެއްވެސް ސަބަބެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް