ކަސްރަތު ނުކޮށް ވެސް ބަނޑު ހިންދާލެވިދާނެ

ބަނޑެއް ލާފައި ހުރުމަކީ ހަމައެކަނި މީހާގެ ރީތިކަން ގެއްލޭކަމެއް ނޫނެވެ. އެހެން ނަމަވެސް ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި އެއީ ތަފާތު ސިއްހީ މައްސަލަތަކުގެ ފެށުމެވެ. އެގޮތުން ބަނޑުބޮޑުކޮށް ތިބޭ މީހުން...

11 Nov 2020 | 11:16

ބަނޑެއް ލާފައި ހުރުމަކީ ހަމައެކަނި މީހާގެ ރީތިކަން ގެއްލޭކަމެއް ނޫނެވެ. އެހެން ނަމަވެސް ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި އެއީ ތަފާތު ސިއްހީ މައްސަލަތަކުގެ ފެށުމެވެ. އެގޮތުން ބަނޑުބޮޑުކޮށް ތިބޭ މީހުންނަށް ދިމާވާ ކިއްޚީ މައްސަލަތަކުގެ ތެރޭގައި ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ. އެހެން ކަމުން ދުޅެހޔޮ ސިއްޚަތެއްގައި ހުރުމަށއް ޓަކައި ބަނޑުގައި ހުންނަ ބޭކާރު މަސްތައް ވިރުވާލުމަކީ ކޮންމެ މީހަކުވެސް ބޭނުންވާ ކަމެކެވެ.

މިގޮތުން ބަނޑުގެ މަސްތައް ވިރުވާލުމަށް އެންމެ މުހިއްމުކަމަކީ ފައިދާހުރި ކާނާ ކެއުމާއި ކަސްރަތުކުރުމެވެ. ބައެއް ކަހަލަ ކާނާއަކީ ކެއުމުން ގިނައިރު މީހާ ބަނޑުހައިވުމުން ދުރުކޮށް ބަނޑުގެ މަސްތައް ވިރުވާލުމަށް އެހީވެދޭ ކާނާއެވެ.

އަލްމަންޑް– އަލްމަންޑަކީ ހަމައެކަނި ހަމަށް ފައިދާހުރި މާއްދާތައްކަމަށްވާ ވިޓަމިން އީއާއި ޕްރޮޓީންއިން މުއްސަނދިވެފައިވާ އެއްޗެއްނޫނެވެ. އަލްމަންޑްގައި ހިމެނޭ ފައިބަރއަކީ ބަނޑުހައިވުމުން މީހާ ސަލާމަތްކޮށްދޭ އެއްޗެކެވެ. އެހެންކަމުން އަލްމަންޑް ކެއުމުން ބަނޑުފުރިފައި ހުންނަކަމުގެ އިހްސާސްކުރެވި ކެލޮރީސް އެކުލެވޭ ކާނާއާ ދުރުހެލިވެއެވެ. މިފަދަ ކާނާއާ ދުރުވުމަކީ ބަނޑުގެ ސަރުބީތައް އަންދާލާ ކަމެކެވެ.

ކަރާ– ކަރާގެ 82 ޕަސެންޓަކީ ފެނެވެ. ކަރާކެއުމުން ކަރުހިއްކުން ފިލުވައިދީ ހަށިގަނޑުގައި ހުންނަ އިތުރު ސޯޑިއަމް ބޭރުކޮށްދެއެވެ. ކެލޮރީޒް މަދުން ހިމެނޭ ކަރާ ކެއުމަކީ ބަނޑު ހިންދާލުމަށް އެހީވެދޭ ކަމެކެވެ.

ބީންސް– ކެއުމުގައި އާދަކޮށް ބީންސް ހިމެނުމަކީ ސަރުބީދަށްކޮށް، ހަޖަމުވުން ރަހަޅުކޮށްދޭ ކަމެކެވެ. ބީންސް ކެއުމުން ބަނޑުފުރި އިތުރަށް ކާން ބޭނުންވާ މިންވަރު މަދުކޮށްދެއެވެ. އެހެންކަމުން ބަނޑު ހިންދާލުމަށް ބޭނުންވާނަމަ ކެއުމުގައި ބީންސް ގިނަކުރާށެވެ.

ފެހިކަން ގަދަ ފަތްތައް– ބަނޑުގެ މަސްތައް ވިރުވާލަން ބޭނުންނަމަ ފެހިކަން ގަދަ ފަތްތައް ކެއުމުގައި ހިމަނަން އާދަކުރާށެވެ. ފެހިކަން ގަދަ ފަތްތަކަކީ ކެލޮރީސް މަދު، ފައިބަރު ގިނަ އަދި ވިޓަމިންސް އާއި މިނަރަލްސްއިން މުއްސަނދިވެފައިވާ ކާނާގެ ބާވަތްތަކެވެ.

ކިއުކަމްބާ– ކިއުކަމްބާއަކީ ފެން ގިނައިން ހުންނަ ތަރުކާރީގެ ބާވަތެކެވެ. އެހެންކަމުން ކިއުކަމްބާ ގިނައިން ކެއުމުން ކަރުހިއްކުން ފިލުވައިދީ ބަނޑުހައިކަން ކުޑަކޮށްދެއެވެ.

އޯޓްސް– ބަނޑު ހިންދާލުމަށް އޮތް އެންމެ ރަގަޅު ގޮތަކީ ހެނދުނުގެ ނާސްތާގައި އޯޓްސް ބޭނުންކުރުމެވެ. އޯޓްސްއަކީ ކެލޮރީޒް މަދުން ހިމެނޭ ކާނާއެކެވެ. އަދި އޯޓްސް ކެއުމުން ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާ ހަތަކަ ލިއްބައިދެއެވެ. އެހެންކަމުން ބަނޑުހައިކަމުގެ އިހްސާސްކުޑަކޮށް ބަރުދަން ލުއިކޮށްދެއެވެ.

ފެން– ފެން ގިނައިން ބުއިމަކީ ފިޒީ ބުއިންތަކަށް ޝައުޤުވެރިކަން ކުޑަކޮށް ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދޭ ކަމެކެވެ.

އާފަލު– އާފަލަކީ ފައިބަރއާއި އެހެނިހެން މާއްދާތަކުން މުއްސަނދިވެފައިވާ މާއްދާއެކެވެ. އެހެންކަމުން އާފަލު ކެއުމުން ގިނައިން ކާހިތްވުމުގެ އިހްސާސް ކުޑަކޮށްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް