ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކާއި މެދު އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
ޓެކްސް އެޕީލް ޓްރައިބުނަލަށް އައްޔަން ކުރަން ރައީސް ނުވަ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވި އެވެ. އެ ނުވަ ބޭފުޅުންނަކީ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތި ހުރިހާ ބޭފުޅުން ކަމަށް ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ އެ ނަންތަކާއި މެދު އާންމުންގެ ހިލާލެއް ނުވަތަ ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ޝަކުވާ އާއި ހިޔާލު ހުށަހަޅާ ފަރާތްތަކުގެ ފުރިހަމަ ނަމާއި، ދާމިއީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަމްބަރު އެނގެން އޮންނަން ވާނެ ކަމަށް މަޖިލީހުން ބުނެ އެވެ.
ޝަކުވާ އާއި ހިޔާލު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. އަދި ހުށަހެޅަން ޖެހެނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް [email protected] އީމެއިލް މެދުވެރިކޮށް ނުވަތަ ލިޔުމުން މަޖިލީހުގެ އިދާރާއަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ތިއްބަވާނީ ފަސް މެމްބަރުންނެވެ. ޓެކްސް އެޕީލްގެ މެމްބަރުކަމަށް ހުޅުވާލީ މިމަހު 28 ވަނަ ދުވަހު މިހާރު ތިއްބެވި ފަސް މެމްބަރުންގެ ދައުރު ހަމަވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް