ބަހްރޭން ގެ ބޮޑުވަޒީރު ޢުމުރުފުޅުން 84 އަހަރުގައި މިއަދު އަވަހާރަވެއްޖެ

ބަހްރޭން ގެ ބޮޑުވަޒީރު ޝައިޚް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ ޢުމުރުފުޅުން 84 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ އެމެރިކާގެ މަޔޯ ކްލިނިކް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު...

11 Nov 2020 | 08:42

ބަހްރޭން ގެ ބޮޑުވަޒީރު ޝައިޚް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ ޢުމުރުފުޅުން 84 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ އެމެރިކާގެ މަޔޯ ކްލިނިކް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިކަމުގެ ހިތާމައިގާ ހަފްތާއަކަށް އެގައުމުގެ ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އެގައުމުގެ ރަސްގެފާނު ވަނީ އަންގަވާފައެވެ. އަދި މާދަމާ އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ވެސް ތިން ދުވަހަށް ބަންދުކުރުމަށް ވެސް ވަނީ އަމުރު ކުރައްވާފައެވެ.

ބޮޑުވަޒީރު ކަމުގެ މަގާމު އެންމެ ދިގު މުއްދަތަކަށް ފުރުއްވަމުން ގެންދެވި ދުނިޔޭގެ ހަމައެކަނި ލީޑަރު، ބަހްރެއިންގެ ބޮޑުވަޒީރުކަމާ ޝައިޚް ޚަލީފާ ބިން ސަލްމާން ހަވާލުވެވަޑައިގެންނެވީ 1970 ވަނަ އަހަރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް