ރައީސްގެ ހިތޯބުން ރައްޔިތުންގެ އުންމީދު އާވާނެ: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވި ހިތޯބުން ރައްޔިތުންގެ އުންމޫދު އާވާނެ ކަމުގައި ކުރީގެ ރައީސް، މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމ...

11 Nov 2020 | 07:09

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވި ހިތޯބުން ރައްޔިތުންގެ އުންމޫދު އާވާނެ ކަމުގައި ކުރީގެ ރައީސް، މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިއަދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ހިތޯބުން ކުރިއަށް އޮތް އަހަރުގެ މިސްރާބު ސާފުވެ ރައްޔިތުންގެ އުންމީދު އާވާނެ ކަމަށެވެ.

https://twitter.com/MohamedNasheed/status/1326408250389049350

"މާތް ﷲގެ އިރާދަފުޅުން ރަނުން ރަނަށް ވައުދުތައް ފުދޭނެ" ރައީސް ސޯލިހަށް ޝުކުރު ދަންނަވަމުން ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް