އިޤްތިޞާދީ ގޮތުން، ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަން ދެނެތިބެ، ވެރިކަމުގެ ތިން ވަނަ އަހަރަކާ ކުރިމަތިލަނީ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، ވަރަށް މުހިންމު ރޭވުންތަކަކާ އެކު ކަމަށާއި މާތް ﷲގެ ވާގިފުޅާއެކު، އަންނަ އަހަރުގެ ތެރޭގައިވެސް، ޤައުމީ ތަރައްޤީއާ ގުޅޭ ހުރިހާ ދާއިރާތަކުން، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސޯލިހް ވިދާޅުވީ އެ ގޮތުން، ޞިއްޙީ ދާއިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫޢެއް، އަންނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންދާނެ ކަމަށާއި އޭގެ ތެރެއިން، މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ފެށި އެއް މަޝްރޫޢުގައި ހިމެނޭ، ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި މި ހޮސްޕިޓަލްތަކުގެ ފައިދާ ރައްޔިތުންނަށް ލިބެން ފަށާނެ" ރައީސް ސޯލިހް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް