މިވަގުތު ކޮވިޑު ކޮންޓްރޯލް ކުރެވިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: ރައީސް ސޯލިހް

މިވަގުތު ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މިހެން ވިދާޅުވީ ޖުމްހޫރީ ދުވ...

11 Nov 2020 | 05:20

މިވަގުތު ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މިކަން ހާސިލްވެފައިވަނީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އަދި، މި ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރުމުގައި، ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން ކަމަށެވެ.

"އެކަމަށްޓަކައި، ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރަމުން އަންނަ މުޅި ޓީމުގައި ހިމެނޭ އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވަން." ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، މި ހޯދުނު ކާމިޔާބީ އެ ގޮތުގައި ދެމެހެއްޓޭނީ، އަދި މިބަލި ރާއްޖެއިން ނައްތައިލެވޭނީ، އެޗް.ޕީ.އޭގެ ލަފަޔާއި އިރުޝާދުތަކާ އެއްގޮތަށް، ލޮބުވެތި ރައްޔިތުންގެ ޢަމަލުތައް ކުރިމަގުގައި ވެސް ބަހައްޓަވައިގެންކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް